ސިވިލްސާވިސް ވަޒީފާތަކުގައި ތިބި މަދު ބައިގަނޑަކީ މައުމޫނިއްޔަތު ދިރުވަން ބޭނުންވާ ބައެއް

civil-service-maldives-maldivian-gay-jariya-preg-mdpvs-drp-badimaumoon-party-oriyaan-badiedhuru-terrorist-islam-sexygirl-freedom-press

ދައުލަތުގެ މާލިއްޔާތަށް ނުކަތާވަރަށް، ސަރުކާރުގެ މުވައްޒިފުން ބަނޑަ ހަޖަހައިގެން، ނުފޯރާފޮތިން ފޫގަޅައިގެން މިޤައުމުގައި ވެރިކަން ކުރަން އުޅުނީ މައުމޫނުގެ ހަރުކަށި ބޯދާ ޒަމާނުގައެވެ. ޒަމާނީ ސިޔާސަތާއި ހަރުދަނާ އުސޫލުން، ޤައުމުގެ ގިނަ ރައްޔެތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ބައްޓަން ކުރަމުން، ރައްޔެތުންނަށް ޚިދުމަތްދެމުން ގެންދިޔުމަކީ މައުމޫނު ދުވަހެއްގައިވެސް ކޮއްދީފައިވާ ކަމެއްނޫނެވެ. އެކަމާހުރެ މައުމޫނުގެ ހަރުކަށި މުޑުދާރު ވެރިކަންވެސް އެދިޔައީ އެވެރިންގެ ގޮއްމުށުގެ ތެރޭން ލޫދިގެން ކަފާސްވެގެންނެވެ. ހަމަ ވެރިކަމުން ދަމާބޭލީހެއްޔެވެ؟ ނޫނީ ސިޔާސަތު ބޮއްސުންލައިގެން ވެރިކަން ދޫކޮށްލަން ރައްޔެތުން މަޖްބޫރު ކުރުވީހެއްޔެވެ؟ ކިޔާނެ އެއްޗެއް ހަމަ ކިޔާންވީއެވެ.
އަޅޭފަހެ މިއުޅެނީ ޤާނޫނުއަސާސީގެ ބާބުތަކުގެ ދަށުވެ، ރައްޔެތުންގެ މައްޗަށް ބަލަދުއަރާތީކީ ނޫނެވެ. މިއުޅެނީ ދައުލަތް ހިންގުމަށް ވަގުންގެ ބަޔަކު ގަދަބާރުން ރާއްޖޭގައި ވެރިކަމެއް ކުޅައީތީވެ އެކަމުގެ ބަލާ ބޮޑުވެގެންނެވެ. ގައިމު ރައްޔެތުންގެ ހެވާ، ލާބައަށްޓަކައި މައުމޫނީންގެ ވަގުންގެ ފައުޖުން މިރާއްޖޭގައި ހެޔޮވެރިކަމެއް ކުޅަނަމަ، އާޚިރުގައި ފައިސާގެ ތާށިކަމާއި ކުރިމަތިލާ ޤައުމު ދަރާ ވިކޭކަށް ނުޖެހުނީހެވެ. ވަގުންތައް ހިފާ، ފަހަތަށް ބިޑިއަޅުވާފައި ޖަލަށް ލާންވީއެވެ. މިހާރުވެސް ލަސްވެއްޖެއެވެ. ވަގުންވެސް މިވެރިކަމުގައި އެބަހެރަ ތެޅިބާލަނީއެވެ. އަތްފޯރާފަށުން ވަގުންވެސް އެއުޅެނީ އިއްޒަތުގައެވެ. އާއުސްމިނަކަށް އެރީ ކޮންއިރަކުހެއްޔެވެ. މައުމޫނަށް ވެރިކަން ލިބުނުނަމަ ހަވައަށް ފަޒައައްވެސް އެރީހެވެ. އޭރުން އެ ޅ ތައް ހޯދާ ފެންނާނެ ހެއްޔެވެ؟
ވަގުންގެ ފޮށިތަށް ފަޅާނީވެސް ބެރުދުންމާރީގައެވެ. އިއްޒަތުގައެވެ. މިދިވެހި ދައުލަތުގެ މާލިއްޔާތެއްވުރެ، މުއްލާ ވަގުންގެ ފޮށިތަކުގައި ލޮޑަރު ގިނަވެފައި ފުއްބާރުވެފައި ގިނަގުނަ ވާނެއެވެ. ތިބުނާ މޮޅު ޝަރުޢީނިޒާމުތެރޭން އެވެރީން ހިފޭނެބާވައެވެ؟ ގިނަރައްޔެތުން ބޭނުންވާ (ޑިމޮކްރެޓިކް) އުސޫލުން، ދައުލަތުގެ މާލިއްޔަތު ދިރުވާލި ބައިގަނޑު، ތިންބާރު ބުރުއްސާލެވި، ވިއްސިވިހާލިވެފައިވާ ގިއުގަނޑެއްގެ ތެރޭގައި، ޝަރީއަތެއް ހިންގުމަކީ އަޅެފަހެ ވާނޭ ކަމާއިމެދު ޝައްކުގެ ނަޒަރަކުން ކަޅި އުކަންޖެހޭފަދަ ކަމެކެވެ. މައުމޫނެވެ! ކުޅިކުޅެން ނޫޅޭށެވެ. އަންނި ސިޔާސީގޮތުން މައުމޫނެއްވުރެ ނުލަފާވާނެއެވެ.
ކަލޭމެން ބާއްވަން ތިޔައުޅޭ ކޮންގުރެސް ރޭސް އޮޅާލާށެވެ. އަދިވެސް ތިއުޅެނީ ޤައުމުގެ ސިޔާސީ ޒުވާނާ ހެދެންދޯއެވެ. ކަލޭ ތިއުޅެނީ ޤާނޫނު އަސާސީގެ ބާގަނޑަކުން ދޮންރިހަޕާޓީއަށް މީހުންޖަމާކޮއްގެން، އަދި ނުވީތާކު، ދައުލަތުގެ މާލިއްޔާތުން ބައިނަގައިގެން ފޮނިބުރުވާ އަޗާތަޅާ އަޅިބުރުއްސާށެވެ. ތިއުޅެނީ ތަސްމީނާއެކު ސިޔާސީ ތެޔޮދަމާ ބޮނޑިއަޅާށެވެ. ލަދުހަޔާތް ކޮބާހެއްޔެވެ. ހުންނަގޮތްކުޑަކަމެވެ. ތިއްތިދޮންބެ ތިއުޅެނީ ދޮންރިހަޕާޓީގެ ރަންޑިންނަށް ތިޔަ ކޮންގުރެހުގައި ދެއްކޭން ނޫންހެއްޔެވެ. މައުމޫނެވެ! ތިއުޅެނީ ބޭޒާރުވާށެވެ. ރަނގަޅެވެ! ބޭޒާރުން ބޭޒާރު ލިބިގަންނާން ތައްޔާރުވާށެވެ.
ސިވިލްސާވިސް ކޮމިޝަންގެ ބެލުމުގެ ދަށުގައި މިތިބަ މަދު ގަމާރުންނަށް ބުނަމެވެ. ދައުލަތުގެ ވެރިމީހާގެ ބަހަށް ޤާނޫނީ އިމުން ބޯލަނބާށެވެ. ތިލިބޭ މިންވަރާއިމެދު  ޝުކުރު ނުކުރެވެންޏާ، މައުމޫނު އަތުން މަދުވެގެން ތިއުޅޭ ބޮނޑިވަރު ހޯދާށެވެ! ބައިވަރު ކަޓުވާފައި ހުންނާނެއެވެ. ދައުލަތުގެ ސިޔާސަތުތައް ޤާނޫނީ އިމުން ކުރިފަޅަމުންދާއިރު ތި ތިބެވެނީ އިންތިޤާލީ ދަލެއްތެރޭގައެވެ. އަދި ބުނަމެވެ! ސަރުކާރާއި މެދު ނުރުހުންވާނަމަ، ސަރުކާރުން ވަކިވެގެން ރަށުތެރޭން އެހެން ކަމެއްހޯދާށެވެ. އޭރުން ސަރުކާރުން ތިއަރާ މުސާރައިގެ ބަލަދުގެ ނުފޮރުއްޕާން ކުޑަވާނެތާއެވެ.

ލިޔުނީ: ޑަގަނާ

މުރާސިލް ބަޑިއެދުރު on Jan 23rd, 2010 ސާއިއު ކުރެވުނީ ކޮލަމް. އާރުއެސް އެސްފީޑް އަށް އިސްތިރާކް ކުރެއްވުމަށް RSS 2.0. Both comments and pings are currently closed.

2 ހިޔާލުފާޚުކުރެވިފައިވޭ މިލިޔުމަށް “ސިވިލްސާވިސް ވަޒީފާތަކުގައި ތިބި މަދު ބައިގަނޑަކީ މައުމޫނިއްޔަތު ދިރުވަން ބޭނުންވާ ބައެއް”

  1. ސިވިލް ސަރވަންޓް says:

    ހަގީގަތަކީ ދިވެހި ސިވިލް ސާރވިސްގައި އުޅޭ ގިނަ މީހުންނަކީ މިއަދުގެ ސަރުކާރަށް ތާޢީދު ކުރާ މީހުން. ގިނަ މީހުން ހަގީގަތް ނުބަލާ ހިތައް އައިހާ އެއްޗެއް ކިޔަނީ.‫​ އެކަމަކު ކަންތައް ވާގޮތުން ތާއީދު ދަނީ ކުޑަވަމުން.‫​‫​

  2. މޮހޮދޭ says:

    ޑަގަނާ އަކަށް އަދި ވާނުވާއެއް ނޭނގެއެވެ.‫​ ޑަގަނާ އަދި މާ ޅައީ އެވެ.‫​

Comments are closed