badiedhuru.comThe top political news headlines އާދެ ދާދި ފަހަކަށް އައިސް ބުރިޖު ދޮންބެއާއި ފުލެޓް ދޮންބެގެ ވާހަކައަކީ ދިވެހިންގެ ތެރޭގައި އާންމު ވާހަކައެކެވެ. އޭއީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މި ދެމީހުންނަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިއާސީ ޕާޓީގެ ދެ ލީޑަރުން ވެސްމެއެވެ. އާދެ މިދައްކަންއުޅޭ ވާހަކައަކީ މަޝްހޫރު ފަލަކީ ޢިލްމުވެރިޔާ ގޮޅާ މައުމޫނު އާއި ގަންޖާ ގެ ބައްޕަ ކެނެރީގޭ ނަޝީދުގެ ވާހަކައެވެ.
މި ދެމީހުންނަށް މި ދެނަން ކިއުނީ ކީވެގެންތޯ ބަލާލަމާ ހިގާށެވެ. އެންމެފަހުން އޮތް ރިއާސީ އިމްތިހާބްގައި އެކަކު ދައްކަނީ ތިމަންނަ ހޮވިއްޖެނަމަ ބުރިޖު އަޅައި ދޭނެކަމުގެ ވާހަކައެވެ. އަދި އަނެކަކު ދައްކަމުން އަންނަނީ ތިމަންނަ ހޮވިއްޖެނަމަ ފުލެޓު އަޅައި ދޭނެކަމުގެ ވާހަކައެވެ. އާދެ އެދުވަސް ވަރު ދިވެހިން ވިސްނަމުން ދިއައީ މިފަހަރު ބޭނުމީ ބުރިޖުތޯއެވެ. ނޫނީ ފުލެޓް ތޯއެވެ. އެންމެފަހުން ދިވެހިންގެ ވިސްނުން ހުރީ ފުލެޓާއި ދިމާއަށެވެ. ދިވެހިން ބުނަމުންއައީ މިފަހަރު ބުރިޖެއް ބޭނުން ނޫންކަމަށެވެ. އޭއީ ކީވެގެން ތޯ ބަލާލަމާ ހިގާށެވެ.
އެބުނާ ބުރިޖު ދޮންބެއަކީ ތިރީސް އަހަރު ވެރިކަން ކޮށް ބޮލުން ފަތްކޮޅު ފައިބާފައިވާ މީހެކޯލައެވެ. އެއީ ހަމަތެދެކެވެ. އެއީ ހަމަ ހަންޓޯޓޯ އެކެވެ. ދިވެހިންނަށް ތިރީސް އަހަރު ނުކޮށް ދެވުނުކަމެއް އެންމެ ފަސް އަހަރު ކުރާނީ ކިހެނަކުން ތޯއެވެ. އެއީ ހަމަ ހިލާ ވާނެކަމެއް ނޫން ކަމަށް ދިވިހިން ބުނަމުން ދިއައެވެ. މިއަދު މަކަރާ ހީލަތުން ވެރިކަން ހޯދަން އުޅުނަކަސް ނުލިބޭނެއެވެ. ދިވެންގެ ލޯތައްވަނީ ކަނުވެ އަނދިރިވެފައެއް ނޫނެވެ. ބުރިޖު ދޮންބެ ހީކުރަނީ ދިވެހިންނަކީ މޮޔަ ގަމާރު ބައެއްކަމަށެވެ. އެހެނެއްކަމަކު ގަމާރީ ބުރިޖު ދޮންބެއެވެ. އެކަން އޭނާ އަމިއްލަ ހިތުން މިއަދު ޤަބޫލު ކުރަން ވެއްޖެ ދޯއެވެ.
“އޮތްކަމަކު އިތުބާރެއް ގެއްލި ދިޔައީ ހެދި ދޮގާ މަކަރާ ހީލަތުން ނޫންހެއްޔެވެ. ތިމާގެ އަބުރާ އިއްޒަތް ވަނީ ވެއްޔާ މޮޑެވި ގެއްލިފާ ނޫންހެއްޔެވެ. ތިމާ ފަޤީރުވެ ނިކަމަމެތިވި ދުވަހު އެކުއުޅުނު އެކުވެރިން ކޮޅުކެހި ދީފައިވަނީ ފިލާފަ ނޫންހެއްޔެވެ.” ބުރިޖު ދޮންބެ އަދިވެސް ހަމަހުންނާނީ ތިގޮތުގާ ހެއްޔެވެ؟ ދެން މަރުވުމުގެ ކުރިން އިސްލާހު ވަމާހިގާށެވެ. ގޮތް ދޫކޮށް އަހަރެމެންނާއެކު އެކުއެކީގާ ދާންއަންނާށެވެ.
ލިޔުނީ: ޖާސޫސީ ނޫސްވެރިޔާ (އަރުވިން)
Comments are closed
Nikan nukume sarukaaru anburaa lamaa hey..!! salaamathu ge ahseyri ah gendhamaa hey..!! Mi verikamu ge huvafen balaakah netheemey..!! Kinburu veri mi sarukaaru beyzaaru vehjey..!!
އެމްޑީޕީގައި ހުސްތިބީ ޓޯޓޯނުވާ ލަކުދިން.ދުވަހަކުވެސް 30އަހަރު ނުވާ ލަކުދިން.
ކަލޭ ލިޔުމުގަ ދެމީހުނގެ ނަން އެބައޮތް. އެކަމު ކައެ ތީ އެއްފަރާތަކަށް ކެނޑިފަ ހުރި މީހެއްކަން ިނގޭ ވަރަށް ރަނގަޅަށް ވެސް.
ބުރިޖުދޮނޭ އަކީ މައުމޫނުދޯ!