badiedhuru.comThe top political news headlines މިގައުމުގެ ކަންކަމާއި، ދިވެހިރައްޔިތުން ނުރުހޭ ބަޔަކު އަތްބާނައިގެން މާ ގޮތްބޮޑުކޮށްލައިގެން، ތިއްތިދެއްކެން އުޅުމުގެ ބޭނުމެއް ދެން ނެތެވެ. ގައުމީ ޕާޓީ ނުވަތަ ރޯނު އެދުރު ޕާޓީއަކީ ތިމާމެންގެ ހަގީގީ ފެންވަރު އޮޅިފައިވާ ރޯނު އެދުރުންގެ ތާވަޅު ބައިގަނޑެއްކަހަލަ ބަޔެކެވެ. މިމީހުން ހިވާގޮތުން ދިވެހި ދައުލަތާއި، ދައުލަތުގެ މުދަލާއި، ފައިސާއަކީ މިބައިމީހުންގެ މައިންބަފައިންގެ ހަރު މުދަލެވެ. އަމާ ފަރާތުން ވާރުތަވެފައިވާ މުދާކަމަށެވެ. ކިތަންމެ ވަރަކަށް ރަތް ފުއްޖަހައިގެން އަސްގަރު އަލީ ތެޔޮ މުޅި ބޮލުގައި ވަށައިގެން ނޫސް ކޮންފެރެންސް ހަދާ، ތިމަންނަމެން ޕާޓީން ސަރުކާރު ޒިންމާދާރު ކުރުވަނީޔޭ ކިޔަސް ތިޔަ ތަޅާ ކޮސް އަހަރުމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވާ ގޮތަކީ ވެރިކަން ނުލިބި، އެންމެ ފަހުން ވެރިކަމުގެ އެތެރެކޮއިލުން ތަޅާ ބޭރުކޮށްލީމާ ދެންވެސް ތިމަންނަމެންނަކީ ބޮޑު ބަޔެއްކަން ދައްކަން ރައްޔިތުން ކުރިމަތީ ހަލުވަނީއެވެ.
ކިތަންމެ ފަލަ ކަންހުޅިއެއް ބަހައްޓައިގެން އުޅުނަސް ގައުމީ ޕާޓީގައި އުޅޭ ރޯނު އެދުރު އަމީނަކީ ސިޔާސީ މީހަކަށް ވާނަހެއްޔެވެ؟ މިގައުމަށް މިއަދު މިދެކޭ ސިޔާސި މާހައުލު ގެންނަށް އަމީނުއާއި، އޭނާގެ މައިންބަފައިން ކުރީ ކޮންކަމެއް ހެއްޔެވެ؟ ހަސަން ސައީދުއާއި ސިއްދީގު ބޮނޑިބަތްޖެހި ޖަމީލު ކުރީ އަޅެ ކީއްހެއްޔެވެ؟ ކުރިއްޔާ ކުރީ ދުއްތުރާއެވެ. އަހަރުމެން ރައްޔިތުންނަށް ޖެއްސީ ބަލާވެރިކަމެވެ. މިއަދުވެސް އެމީހުން އެކުރަނީ ހަމަ އެކަންތަކެވެ. ރައްޔިތުންނަށް ޖެއްސުންކުރުމާއި، ބަލާވެރިކަން ޖެއްސުނެމެވެ. އަމީނުއެވެ! ފުރަތަމަ ތިމާ މީހާގެ ސައިޒާމެދު ވިސްނާލާށެވެ. އަމިއްލަ އުފަން ރަށަށް ކުރިމަތިލައިގެން ނުހޮވުނީމާ ދެން ސަރުކާރޭ، ތިންބޭންނޭ ކިޔާނެ ކަމެއްނެތެވެ. ދެން ހުރީ އިމާދު ސޯލިޙެވެ. ތަނެއްދޮރެއް އުޑެއް ބުޑެއް، އިނގޭ އާދަމުގެ ދަރިއެއް ނޫނެވެ. 24 ގަޑި އިރު ފުލް ބެގީގައި މީނާ ހުންނަނީ މީނާގެ ހައިބަތު ބޮޑުކަމުންނެވެ. ހައިބަތު ކަކުލާ ހަމައަށް އަންނަކަމަށްވެއެވެ.
މިއީވެސް ސިޔާސީ ބަޔެކެވެ. ހަމަ ހައްތަހާވެސް އުމަރު ނަސީރެވެ. ދެން ގައުމީ ޕާޓީއަށް ވައްދަންވީ އުމަރު ނަސީރުއެވެ. އޭރުން އެ ނިމުނީއެވެ. އޭރުން ގައުމީ ޕާޓީގެ ނަން ” ދިވެހި ރޯނު އެދުރުންގެ ޕާޓީ ނަމަށް ބަދަލުކޮށް، މަވޯޓާ ސަރީފު ސްޕޯކްސް މަނަކަށް ލައިގެން ހަސަން ސައީދުއާއި ޖަމީލު ރައީސާއި ނައިބު ރައީސަކަށްވެގެން ނިކަން ހުވަފެނުގައި ދިވެހިރާއްޖޭގެ ވެރިކަން ކުރާށެވެ. ހޭލެވޭއިރު އޮންނާނީ ތެމިފަކަންނޭންގެއެވެ. ޕަކަޕަކާސް…………………….
Comments are closed