badiedhuru.comThe top political news headlines އެއާޕޯޓުގެ ޓަވަރުގައި މަސައްކަތްކުރާ މީހެއްކަމުގައިވާ އިސްމާޢީލް މުޙައްމަދުދީދީ ޓަވަރުގައި ދަންޖެހިގެން މަރުވެއްޖެއެވެ. ގދ.ތިނަދޫ އިސްމާޢީލް މުޙައްމަދުދީދީ ދަންޖެހިގެން މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ޓަވަރުން ބާލާފައިވަނީ މިއަދު ހެނދުނު ކެރޭނެއް ބެނުންކޮށްގެންނެވެ.
ޚަބަރު ލިބޭ ގޮތުގައި އިސްމާޢީލް މުޙައްމަދުދީދީ އަކީ އިސްލާމްދީން އެއްގޮތަކަށްވެސް ޤަބޫލުކުރާ މީހެއްނޫނެވެ. އެގޮތުން އިސްލާމްދީން ޤަބޫލުނުކުރާ ކަމަށް އޭނާގެ ރައްޓެހިންގާތު ބުނުމާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި މަލާމާތްކުރުމަކީ އޭނާ ވަރަށް ގިނައިން ކުރާ ކަމެކެވެ. އަދި އިސްލާމްދީން ޤަބޫލުނުކުރާތީ އޭނާގެ އާއިލާމީހުން ދީނީ ޢިލްމުވެރިން އޭނާގެ ގެއަށްގެނެސް އޭނާއަށް ވަރަށް ފަހުން ނަސޭހަތްވެސް ދީފައިވެއެވެ. ނަމަވެސް އޭނާ ވަނީ އެނަސޭޙަތްތައް ޤަބޫލު ނުކުރާނެކަމަށާއި އޭނާއަށް ވިސްނައިދެވޭނެ އެއްވެސްމީހަކު މި ދުނިޔޭގައި ނުހުންނާނެ ކަމަށްބުނެ ޗެލެންޖު ކޮށްފައެވެ.
އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީން ޤަބޫލުނުކުރާކަމަށް ފާޅުގައި ބުނެއުޅޭ މީހުން މިހާރަކަށްއައިސް ވަރަށް ގިނައިން އުޅެއެވެ. މިއީ މުސްލިމް ސަރުކާރަކުން ވަރަށް ބޮޑަށްވިސްނަން ޖެހޭ މައްސަލައެކެވެ. ސަބަބަކީ މިފަދަ މީހުންވެސް މަރުވުމުން އެހެނިހެން މުސްލިމުންނެކޭ އެއްފަދައިން ހިނަވާ އޭނާގެ މައްޗަށް ކަށުނަމާދުކޮށް މުސްލިމުން ވަޅުލާ ޤަބުރުސްތާނުގައި ވަޅުލަމުން ދާތީއެވެ. މިހެންމިކަން ކުރުމުގެ ހުއްދަ އިސްލާމްދީނުގައި އޮވޭތޯ މިއީ މިއަދު އުފެދޭ ސުވާލެކެވެ.
ކޮންމެއަކަސް އިސްމާޢީލް މުޙައްމަދުދީދީ ދަންޖެހިގެން މަރުވި މައްސަލައަކީ އާދައިގެ ކުޑަމައްސަލައެއްނޫނެވެ. އާދައިގެ މީހަކު ދަންޖެހުމަށްވުރެ މުސްލިމް ޤައުމެއްގެ އެއާޕޯޓު ޓަވަރު ފަދަ މުހިއްމު ޒިންމާދާރު ތަނެއްގައި މަސައްކަތް ކުރާމީހަކު ދަންޖެހިގެން މަރުވުމަކީ އޭނާގެ މައްޗަށް ތިބޭ ވެރިން އެކަމާ ވަރަށްބޮޑަށް ވިސްނަންޖެހޭ މައްސަލައެކެވެ. އެފަދަތަންތަނުގައި މަސައްކަތްކުރާމީހުންނަކީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންވާ ބައެއްތޯއާއި ބަރާބަރަށް ނަމާދު ޤާއިމުކުރާ ބައެއްތޯ ބަލަންޖެހެއެވެ. އޭނާއަކީ އިސްލާމެއްނޫންކަމަށްވަންޏާ އެހެން ދީންތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާމީހަކު އެފަދަ ޒިންމާދާރު އަދި އެތައްބައެއްގެ ފުރާނައަށް ގެއްލުންދެވިދާނެ ފަދަ ވަޒީފާއެއްގައި އޭނާ ބެހެއްޓުމަކީ ވަރަށްވެސް ނުރައްކާތެރިކަމެކެވެ.
ވީމާ މިފަދަ ތަންތަނުގައި މަސައްކަތްކުރާމީހުންނާއި ދޭތެރޭ ވިސްނައި ސަމާލުވުމަށް މިފަދަ ތަންތަނުގެ ހުރިހައިވެރިންނަށް ގޮވާލައި އިލްތިމާސްކުރަމެވެ.
-ރާއްޖެއިސްލާމް-
Comments are closed