ވަޒީރުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާ ހުށައަޅުއްވައިފި!

majlis-isthiufaa

ޤާނޫނު އަސާސީގައި ފޮރުވިފައިވާ މިލިޓަރީ ވެރިކަމުގެ ފުރަތަމަ ސިލްސިލާ ބޮޅު!

ވަޒީރުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާ ހުށައަޅުއްވައިފިއެވެ. އިސްތިއުފާ ހުށައެޅުއްވީ، ވަޒީރުންގެ ޤާނޫނީ ހުވަޔާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބޭތީވެ ކަމަށްބުނެއެވެ! މިކަން ހާމަކުރީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި އިސްތިއުފާ ގެ ސިޓީތަކާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުވީ ނޫސްވެރީންގެ ކުރިމަތީގައެވެ. މިހާރު ވަޒީރުންގެ މަޖިލީހުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު.

ދައުލަތުގެ އެންމެ މަތީ ވެރިޔާ ގެ ހައިސިއްޔަތުން މިމައްސަލަ ތަހުގީގު ހިންގުމަށް ހަމަޖެހިފައި ވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި! ފުލުހުންނާއި އެމްއެންޑީއެފް އަދި ދައުލަތުގެ ހުރިހާބާރެއް ބޭނުންކޮށްގެން މިމައްސަލަ ބަލާ ތަހުގީގެއް ހިންގާ، މި މައްސަލައަށް ހައްލެއް ގެންނާނެ ކަމުގެ ޔަޤީންކަންވަނީ އަރުވާފަ. އަދި ރިޔާސީނިޒާމެއްގައި ޤާނޫނީ ވެރިކަން އިމުގެތެރޭން ގެންދާއިރު، ރައްޔިތުންގެ މަޖިލީހުގަ އޮންނަ ސަރުކާރާއިދިކޮޅު ފިކުރުގެ މެޖޯރިޓީއަށް ސަރުކާރު ހިންގުން ހުއްޓުވާ ނުލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރު ފެއިލްވަމުންދާކަމުގައި ޤަބޫލް ނުކުރާނެކަމަށާއި ޤާނޫނު އަސާސީގެ ބާރު ކެނޑުވުމަށް މަޖިލީހުން ބާރުދޭކަމަށް، ޤާނޫނު އަސާސީ ތަންދޭގޮތަށް ، މިކަން ވަރަށް ހޫނުކޮސް ބަލާ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

ޑރ. މުސްތަފާ ލުތުފީ ވަޒީރުކަމުން ބޭރުކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި 30 ޖޫން 2010 ވަނަ ދުވަހު ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއްނެގުމަށް ހަމަޖެހިފައެވެ. މިކަމަކީ މީގެ އިދިކޮޅު ދިފާއީ ސިޔާސީ އުކުޅެއްކަމަށް ލަފާކުރެވެއެވެ. ސަރުކާރާއި އިދިކޮޅު ސިޔާސީންނަށް ކާންދީފައި ކަތިލާ އުސޫލެވެ. ޑރ. މުސްތަފާ ލުތުފީ އަކީ ވަރަށް ނުފޫޒްގަދަ ބޭފުޅެއްކަމަށް ބެލެވެއެވެ.

މުރާސިލް ބަޑިއެދުރު on Jun 29th, 2010 ސާއިއު ކުރެވުނީ ޚަބަރު. އާރުއެސް އެސްފީޑް އަށް އިސްތިރާކް ކުރެއްވުމަށް RSS 2.0. Both comments and pings are currently closed.

Comments are closed