badiedhuru.comThe top political news headlines ދުރަށްވިސްނަމުން ކުރަހަމުން ރާވަމުން ޒަމާންތަށް މިވަނީ ފަހަނަ އަޅާ ގޮއްސައެވެ. ބޯދާ ސަޤާފަތާއި ޖާހިލުންގެ ޒަމާނާއި އަލްވަދާއުކިޔާފަ! ދިވެހި ކާބަފައިންނާއި ކާއަމައިންގެ ޒަމާނާއި ބުދުދީންވެސް ދޫކޮށް “ދިވެހި ޤާނޫނީ ދީން” ޚިޔާރުކޮއްފައެވެ. އަމުދުން މި ޒަމާނަކީ ތަހުޒީބީ ދުވެލިބާރު މަޢުލޫމާތުގެ ޚަޒާނާ، މިއަދަށް ކުރި އަރައި ފައިވާ ޒަމާނެކެވެ. އެއީ މާތްވެގެންވާ ދިވެހީންނެވެ. ހުއްބުލް ވަތަނުގެ ދަރީންނެވެ. މިލިޔުން ކިޔާން އެދެވެނީ ދެންފަހެ ކެތްތެރީންނެވެ. މިދައްކަނީ ފަރަންޖީންގެ ވާހަކައެވެ.
ވިސްނުންހުއްޓެވެ! މާޒީގައި (ރަނިކަނބަލުން/ރަސްކަލުން، ބޮޑުން އަދި ނިކަމެތިން) ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި، ބޯބުރިކޮށް ހަދައި އުޅުނު ޒަމާނެއް ތާރީހު ދުށީތީ، ލިޔުންތެރީންގެ ލިޔުންތަކުން ހެކިދެއެވެ. އޭރުވެސް މިހާރުވެސް އިންސާނުން މަރާފައި ބޯ ބުރިކުރެއެވެ. އިންސާނުންގެ ބޯ ބުރިކޮށް ހެދުމަކީ މިޒަމާނުގައި ރައްޔިތު ކުޅިވަރަކަށް ނުވެއެވެ. މިދުވަސްވަރު ބެލެވެނީ ޖަރީމާއެއް ކަމުގައެވެ. ޖާހިލު ވެރިކަމުގެ ނިޒާމުތަކުގައި އޮތް ކުޅިވަރެކެވެ.
ސިޔާސީ ދުއްތުރާތަކާއި ހެދި އިދިކޮޅުވާ އިންސާނުން ގޮތުން ކުއްވެރިކޮށް ހައްޔަރު ކުރެވެއެވެ. އަދި އެ މީހާ މަރާލާ ބޯބުރިކޮށް ބިންމައްޗަށް އެއްލާލެވެއެވެ. އެކަން ރައްޔެތުން ނާ ހިއްސާކޮށްލުމަށް (ސިޔާސީ ކަތިލުމާއި ކުޅިމަޖާ ދެއްކުމަށް/ބިރުދެއްކުމަށް) ރައްޔެތުން (ލާއިންސާނީ އަމަލުގެ ކުޅިވަރު ބަލާހިތްވާ) އަނިޔާގެ ދަރުބާރަށް ހާޒިރުވުމަށް ދައުވަތު ދެވެއެވެ. ވެރީންދެކެ ގަންނާ ކުރައްވާ ބިރަކުން އެންމެން ޖަމާވާން ފަށާނެތެވެ.
މަންޒަރު ހުތުރު ވެފައި އަނިޔާވެރިއެވެ. ވަކިކުރެވުނު ބޯބުރި ކުޅިބަލާ ދަރުބާރަށް ގެނެވެނީ ވުވުޒެލާ (ދުންމާރި) ގައި ކަމަށް ބެލެވެއެވެ. ކުޅިވަރުގެ ދަރުބާރުގެ މެދަށް ބޯބުރި ހޫރާލުމާއި އެކު، ވެރިމީހާގެ (ރެފްރީ) ބަހަށް ބޯބުރީގައި ކޮޅުފައިން ތަޅަން ފެށެއެވެ. ސައިތާނީ ވަޅުޖެހުމެއް ތެރޭ ކަނުވެފައެވެ. އެ ކުޅިވަރުގައި އެޒަމާނުގައި ލަނޑުޖަހާނެ، ވަކި އަމާޒެއް (ގޯލްދަނޑި) ނުހުރެއެވެ.
ފުރާނަ ދުއްވާލެވިފައިވާ ހަށީގެ ބޮލަކީ “ބޯޅައެއް” ފަދަ އެއްޗަކަށް ނުވާނެ ގޮތެއް ނުހެދޭނެތާއެވެ. އެޒަމާނުގައި ބޯޅަ އީޖާދު ކުރެވިފައި ނުހުރެއެވެ. މިޒަމާނުގެ ފުޓްބޯޅަ އަކީ ކުރީން ބަޔާން ކުރެވިދިޔަ ހާދިސާ ތަކުގެ މައްޗަށް، ޒަމާނީވެފައިވާ އަދުގެ ކުޅިވަރެއް ނޫންހެއްޔެވެ. އަހުރެން މި ކުޅިވަރަށް ދިވެހި ބަހުން ކިޔާނީ “ފުޓްބޯޅަ” ނުނީ “ފައިބޯޅަ” މިހެންނެވެ. ބޮޑަށް ގުޅުވޭނީ “ފައިބޯ” މިހެންކިޔާފައެވެ.
ގިނަބަޔަކު މިދުވަސްވަރު ޣަރަގު ވެފައި މިވަނީ، އަނިޔާވެރިކަމަކުން އުފެދިފައިވާ އިންސާފެއް ނެތް (ޝައިތާނީ) ޒަމާނީ ވިޔަފާރި (ފައިސާއަށް ޓީމުތަށް ގަނެވިއްކާ) ކުޅިވަރަކަށެވެ. މިއަދު މިވަނީ އެވެރީންގެ މީޑިއާގެ ބާރުވެރިކަމުން އޮޅުވާލާ ބަޔަކު މި މަޅީގައި ޖައްސާފައެވެ. ވޯލްޑް ކަޕޭ ކިޔައިގެން ބަޔަކުންގެ މީހުންގެ ޖަޒްބާތާއި ކުޅެލާ ލޭ ކައްކުވާ ލާފައި ވިޔަފާރީގެ ނަމުގައި މާލިއްޔަތުން ފެލަނީއެވެ. ފުޓުބޯޅަޔަކީ ދިވެހިރާއްޖޭގެ އިޤްތިސާދު ބަނަކުރާނެ ކުޅިވަރެކެވެ. 30 އަހަރުވަންދެން ހޭވިހަޑި އަދިވެސް ހޭވުމަށް ޖާގަ ދެވެނީއެވެ.
ޖޯޒީ، ފަތިޓީވީ، ބޮލުގައިލާ ކުލަ، އަތުގައި އަޅާނެ އުޅާފަދަ ގަހަނާ އަޅައިގެން ރަށުތެރޭ ދުންބުރުވަމުން ދުވިޔަސް، މިޤައުމުގެ އިޤްތިސާދު ނެގެހެއްޓޭނެ ކަމަކަށް ނުބެލެވޭނެއެވެ.
ބަޑިއެދުރު.ކޮމް
Comments are closed