badiedhuru.comThe top political news headlines ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކީ މަދުބައެއްގެ ޒާތީ އުފެއްދުމެކެވެ.
ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހޭ ކިޔައިގެން ލިޔެފައި ހުރި މަދު ކުނި ލިޔުން ފެނިފައި އަހުރެން ހައިރާންވެ އަންތަރީހެއް ނުވަމެވެ. ތާރީޚް ތެރޭގައި ބަކަތަޅާ ހެދިއިރުވެސް، އަހުރެން ދުށީ، އެޒަމާނުގެ ލިޔަން ކިޔާން އިނގޭ މަދު ބަޔަކު މި ދިވެހިރާއްޖޭގެ ކަންކަން ހިނގަމުން ދިޔަގޮތް އޮޅުވާލެވިފައި ވާތީއެވެ. އޭރުގެ ލިޔަން ކިޔާން އިނގޭ މަދު މީހުންގެ ހާލަތުހުރީ، އަމިއްލައެދުމުން ފޯވެފައިކަން ޤަބޫލް ކުރެވުނެވެ. އެޒަމާންތަކުގައި ޤައުމުގެ މައްޗަށް އަތްގަދަކޮށްގެން ތިބޭ ބަޔަކީ އެއިރެއްގައި ދިވެހިރާއްޖޭގެ ބާރުވެރީންނޭ ބުނެވިދާނެއެވެ. ދިވެހިރާއްޖެއަށް އަބަދުވެސް ގަދަބާރު ހިންގަނީ ދިވެހިރާއްޖޭގެ ވެރީންނާއި ވެރީންގެ ކުދި ވެރީންނެވެ.
ތާކިހަލެއް އަޅާފައި ރީތިވަރެއްގެ ގޮޅިބޮޑު ރަތް މުންޑެއްލީމާ އެއިރުން އެވަނީ މާގައްޑާ މީހަކަށެވެ. މީހަކު ފައިކުރި ފުޅާ ފަޓްލޫނެއް ލައިގެން ވެރިކަން ދެމެހެއްޓި ވާހަކަތަށް އެހެރީ ތާރީހުގެ ތެރަށް ވަދެ ތޮރުފިފައެވެ. ގިނަލިޔުންތަކާއި ދިވެހި އަދަބިއްޔާތު ހާވާ ހެދީމާ ފެންނަނީ ތާކިހާ އެޅި ސީދީންގެ ވާހަކަތަކެވެ. މިބުނަނީ ތާރީހޭ! ކުރީޒަމާނޭ! ކިޔައިގެން މިއުޅޭމީހުން ލިޔެފައި ހުރީ ވެރީން ބޭނުންވި ވާހަކަތަކެވެ.
ވެރިމީހާ ގަލަމެއް ހިފައިގެން އިންދާ ނިދިއްޖެނަމަ ޓަސްލާފަ ޅެމެއް ނުވަތަ ބަސްއޮޅުވި ރައިވަރެއް ލިޔެވޭކަމުގައި ބެލެވެއެވެ. ވެރީން ކުޅޭނެ ކުޅިވަރެއް ކުޅެ ވަރުބަލިވީމާ ވެރިމީހާ ވައިވިޔަ ނުދިނުމަށް އެއިރު ނާނާ ކިޔައިދެވޭ ކަމުގައި ބެލެވެއެވެ. މިޒާތުގެ ވެރީން ކުޅޭ ނާޗަރަންގީ ތަކުގެ މައުލޫމާތު ތައުލީމީ މުޤައްރަރު ތެރެއަށް ވެއްދިފައިވަނީ ވެރީން ރައްޔެތުންދެކެ ވާލޯތްބެއްގެ ބޮޑުކަމުން ހެއްޔެވެ؟
އެއްވެސް ޢިލްމީ މައުލޫމާތެއް މިބުނާ ބަޔަކަށް ގެނެސްދެވިފައި ނެތްކަން ސާބިތުވެއެވެ. ކިޔަވައިދޭ މަރުކަޒު ތަކުގައި ލޯބީގެޅެމާއި، އަވަގުރާނަ އެކުލެވޭ ރައިވަރާއި، ޑާވިންގެ ތިއަރީއާއި، މިނިސްޓަރުންގެ ނަންތަކާއި ފުލޯކު ވާހަކަޔާއި އިރުއަރާ އޮއްސޭހެން ދެއޯއަރާ އިންސާނުން ހުރިގޮތަށް ދިރުވާލާ ކަހަލައިގެ ރޯމަރު ދޮގުން ފުރިފައިވާ މިޒާތުގެ ހާސަރުތަކެކެވެ.
އޭގެ ކުރީގެ ދަތި ޒަމާންތަކުގައި އުނުއޮރިޔާން ނިވާ ނުކުރެވޭ ދުވަސްވަރުގައި ގޮތްކިޔާނެ ކޮންމެވެސް ބޮޑަކުވެސް އުޅޭނެއެވެ. ކަޅުހިލަ ދައެއް ނެތަސް އިޖްތިމާއީ އާދަކާދައެއް އޮންނާނެއެވެ. އެޒަމާނުގައިވެސް ބޮސް ހުންނާނީ ހުރިހައި މޮޅަކައިގެން ނިކަމެތިމީހާ އަތުން ފޭރިގަނެގެންނެވެ. މިޒަމާނުގައިވެސް ވަނީ ހަމަ މިކަހަލައިގެ ގޮތަކަށެވެ. ރަސްކަލެއް، ރެހެންޖެއް، ތަކުރެއް، ކަލަމުންޖެއް، ބަޑިއެދުރެއް، ރައީސެއް، ޒައީމެއް ކިޔާނެ ކަމެއްނެތެވެ. ބޯބޮޑު ނުބައި މީހާ އަބަދުވެސް ވިސްނާނީ، ބޮޑުކަން ހޯދުމަށް ދެންތިބި މީހުން ގަޅިހެއްދޭނެ ވަސީލަތެއް ދޮންކޮށްފައި ތަފާލެއް ޖެހުމެވެ. ދުރަށް ޖެހިލާފައި ބުނަމެވެ. ސިޔާސީން އެއުޅެނީ މަކަރުން ޤާނޫނު އަސާސީން ލިބިދޭ ބާރަކުންނޭ ކިޔާފައި އަސާސީން ބޮލުގައި ޖަހާ ބޯ ފަޅާލާންކަން ހަނދާ ކުރާށެވެ.
ދިވެހިރާއްޖޭގައި ހެދިފައި ހުރި އެންމެހާ ޤާނޫނުތަކަކީ އިންސާނީ ދިރިއުޅުމަށް މަގުދައްކާ އެއްޗެއް ނޫނެވެ. ހަތިޔާރާއި ވަސީލަތާއި އެކު، ޤާނޫނޭ ކިޔައިގެން މިކުޅެނީ ދެން ކޮން އާކުޅިއެއް ހެއްޔެވެ؟ ބުނަންހެއްޔެވެ؟ އެއުޅެނީ އިންސާނުން އުޅޭންވީ ގޮތް ލިޔެފައި، އެއަށް ބޯ ލަނބަމުން ދާ ވަރަކަށް ބަލާ، ޑިމޮކްރެސީއަށް ބޯ ލަންބުވާށެވެ. އޭރުން އެޖެހުނީ އެނެއް ގަޅިއެވެ. މުޅި އިންސާނިއްޔަތަށް މަގުދައްކަނީ ޑިމޮކްރެސީގެ ޤާނޫނަކުން ނޫނެވެ.
ޤައުމު ފިއްތާފައި އޮބިއެޅީމާ ފެލޭ ދިޔަބޮނޑި މަހުޖަނުންގެ އުނގަށް - ޑިމޮކްރެސީގެ ފުއްޑަނުގައި ތިއްބެވީ ދުފާފައި ތިބި ދިވެހި ވަންތަ ސޭޓުންނާއި ސިޔާސީ ޕާޓީތަކުގެ އައުވާނުންނެވެ.
ލިޔުނީ: އަފްލާތޫން
Comments are closed