badiedhuru.comThe top political news headlines ރީކޯ މޫސަ ބަސްޓްކޮށްލީ މާރިޔާއާއި އައްނި ގަސްތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްފާނެތީ، މިކަމުގައި އެންމެ އެހީތެރިވީ ޢާދިލު އެއީ އޭނާގެ ނަން ހަޑިވެފައިވާތީ: ޒުހައިރު މިރޭ ޖީސަސްއަފީފުއަށް މިކަމާއިގުޅިގެން ފޮނުވާފައިވާ އަވަގުރާނަ އެސްއެމްގައި މިކަން ހައިލައިޓްކޮށްފައިވޭ…އަފީފު
މިއީ ވަރަށް ރާވައިގެން ކުރެވުނު ކަމެކެވެ. ރީކޯ މޫސަގެ ކާރުގައި ބަނގުރާ އުފުލާތާ މިއީ 7ވަނަ މަހެވެ. އާއްމުގޮތެއްގައި ބަނގުރާ އުފުލަނީ 10އަކުން 12އަށެވެ. ރީކޯގެ ބަނގުރާ ގެންދަން އެންމެ ފޯރީގައި އުޅެނީ ހެވީލޯޑްގެ މީހަކާއި އެމްޑީޕީގެ ނަސީމުއެވެ. މިއީ ރީކޯމެންނަށް ހަމަ އާދައިގެ ކަމެކެވެ. ބަލަގަ މިކަން ބޮޑުވާނީ އިސްލާމުންނަށެވެ. އެނޫން މީހުން ދެންހަމަ ބޯންވީ ނޫންހެއްޔެވެ؟ މީގެ 4 ރޭކުރިންވެސް ސިފައިން ސީދާ ރީކޯ ދުއްވަން އިންދާ އަމީނީ މަގުންވަނީ ހިފާފައެވެ. އޭރުވެސް ބަނގުރާ ހުއްޓެވެ. އެރޭ ބޮޑަކަށް ހުރީ ރީކޯ އަތުން ފަސްހާރުފިޔާ ދަރަންޏަށް ނަގާފައިވާ ސޮރަކަށް ވުމާއިއެކު މިކަން ވާގޮތް ނުވީއެވެ. ދޫކޮށްލަން ޖެހުނީއެވެ. އެރޭ ހިފެހެއްޓުމުން ކޮބާހޭ ލާރިކޮޅު ބުނީމާ ފަހުންދޯއޭ މިހާރު ޑިއުޓީގައޭ އޭނާ ބުންޏެވެ. އެއީ ތިންކުދިންނެވެ. ރީކޯވެސް ވީއުފަލުން ދިޔައީއެވެ. އެރޭވެސް މި މީހުން ނޯޓްޖަހާފައިވެއެވެ. މިޚަބަރުތައްދެނީ ފަސީހު ސީދާ އޯޑަރަށެވެ. ފަސީހުވެސް 2މިލިޔަން ރުފިޔާ އޭނާގެ ސިންގަޕޫރްގެ އެކަނުންޓަކަށް ޖަމާކޮށްފައި އާދިލުގެ މައްސަލަ އޮއްބާލީއެވެ.
އައްނިއާއި ރީކޯއަކީ ކޮންމެސްވަރަކަށް ކުނިޖެހިފައި ތިބި ދެމީހުންކަން އެންމެންނަށްވެސް އެނގެއެވެ. ކުރީފަހަރު މޫސަ އެމްޑީޕީން ކެޑެންވެގެން އުޅުނުކަންވެސް އެންމެން ދަނެއެވެ. އެއީ އެކަމަކު ވެރިކަން ލިބުމުގެ ކުޑަތަންކޮޅެއް ކުރިއެވެ. މިއީ އެތެރޭގައިވެސް ޑިމޮކްރަސީއެއް ވަރަށް ސިއްރުން އެކަކު އަނެކަށް ހިންގާ ބަޔެކެވެ. މިތާނގައި ރާބޯ މީހުންގެ ލިސްޓް ލިޔާކަށް ނެތީމެވެ. ކޮންމެޔަކަސް އައްނި ގެ ބޭނުމަކީ ޕްރައިމަރީގައި މޫސަ ކުރި ހޯދައިފިނަމަ ދެވަނަ ދައުރުގައި ކުރިމަތިލާނެކަމުގައި ރީކޯ ބުނެފައިވާތީއެވެ. އަދި މި ރޫހްގައި މިހާރުވެސް މޫސަ މަސައްކަތް ކުރާކަމީ އެންމެނަށް އެނގޭ ފާޅުކަމެކެވެ.
ރީކޯގެ ބަނގުރާ ރިޕޯޓް:
2003 ވަނަ އަހަރު ބެންކޮކްގައި ޕަތޫނާމް އޭރިޔާގައި ހުންނަ ވައިޓްޕެލަސް ހޮޓަލުން ބަގުރާބޮއިގެން އޮރިޔާމުން ނިކުމެ އަންހެނަކު ކަމަށް ލޭޑީ ބޯއީއަކު ވަނީ ކޮޓަރިއަށް ވައްދާފައެވެ. މިދަތުރުގައި އައްޑޫ ޝަރީފްވެސް ބަނގުރާ ހިއްޕަވާފައިވެއެވެ.
2003
ދިވެހި ފިލްކުޅޭ އަންހެނަކު ގެނެސްގެން އެއްކޮޓަރީގައި ނިދާ ބަނގުރާ ގަނެ ބޮއިހަދާފައިވޭ. ހޮޓެލް ވައިލްޑްއޯކިޑް: ޔަވަލާތު :ބެންގްކޮކް
2004
ގައި ޕަތޫނާމް ޕެލަސްގައި ހުރެ އިތުރު ތިންމީހުންނާއި އެކު ވޫޑްލޭންޑް ހޮޓަލަށް ޒިޔާރަތްކުރި. އެތަނުން ކައިގެން މިމީހުން ދިޔައީ ސުކުމްވިތައް. އެތަނުން ބާރއަކުން އާދައިގެ ބިއަރު ބޮއިގެން ރަންޑިއަންހެންކުދިން ގޮވައިގެން ގްރޭސްހޮޓަލުގައި އެރެއާއި އެދުވަސް އެއްކޮށް ހޭދަކޮށްފައިވޭ.
2004
ގައި އެއްފަހަރަކު ޕަތޫނާމް ކާރގޯއިން ޓީއޭސީން މީނާ މުދާ ބަންދުކުރަންދިޔައެވެ. އަދި މިކަމުގައި އެތަނުގައި މުދާ ބަންދު ކުރަންއުޅޭ އަންހެންކުއްޖަކަށް 200 ޑޮލަރު ދީފައި މިރޭ ރޫމަށް އަންނާށޭ ބުނުމުން އެކުއްޖާ މައްސަލަޖައްސާ މީނާގެ ހުރިހާ މުދާ އެތަނުން ނުފޮނުވާދޭގޮތައް ހަމަޖެއްސި. ޖޫރިމަނާވެސް ކުރެވުނު.
2005
ގައި ނަޒީރާއި ކޭޑީ އަދި ރީކޯ އެއަރޕޯޓުން ފޭބިގޮތައް ޑޮލަރު މާރުކޮށްގެން ބަނގުރާ ގަނެފައިވޭ. އޭގެތެރެއިން ތިންފުޅި ކާރުން ފައިބަނިކޮށް މޫސައަތުންވެއްޓި ހޮޓަލުގެ ދޮރުމައްޗަށް ތެޅިފައިވޭ
މީގެ އިތުރުންވެސް ރަންޑިންގެ ބާޒާރަށް ޢާއްމުކޮށް ދިއުން ހިމެނެއެވެ. މީނާ ގިނައިން ހުންނަވާނީ ވައިޓްޕެލަސް ޕަތޫނާމްގައެވެ. ދަތުރު ނިންމާފައި ކޮޓަރިން ނިކުންނައިރު ކޮންމެފަހަރަކުވެސް ކޮޓަރިން ހުސްބަގުރާ ފުޅި ނެރެވެއެވެ.
ޓޮޕްސްފިހާރަ ޗާންދަނީ މަގުގައި ހުރިއިރު އެތަނުން ބަޔެއް އަންހެން މުވައްޒަފުން މުދާ ގަންނަ ނަމުގައި ގެންގޮސް އެމީހުންނާއި އެކު ނިދާފައިވާކަމުގެ ބައިވަރު ހެކިތައް ތަފާތު މީހުން އަތުގައި މިހާރުވެސް ވާނެއެވެ.
ދިގުކުރާކަށް ލިޔާނެކަމެއް ނެތެވެ. ދިވެހި ސިފައިންގެ ބަލާށެވެ. މީނާގެ މިކަހަލަ ކިތައް ރިޕޯޓް މިގޮތައް ކުރިންވެސް އޮއްބާފައިވޭހެއްޔެވެ. މިފަހަރު ކުއްވެރިވާނީ ކާރެވެ. މިކަން ދެކެން ތިބޭށެވެ. ވާހަކަ ދައްކާނީ މުޅިންވެސް ޅާ ކިޔައިގެންނެވެ. މިސަރުކާރަށް ވީފަހުންވެސް ހެވީލޯޑުން އެކަނިވެސް 3ން މިލިޔަނަށްވުރެ ގިނަފައިސާ ސަރުކާރުން ނަހަމަ ގޮތުގައި ނަގާފައިވެއެވެ.
އޭ ލޮބުވެތި އެމްޑީޕީގެ އަޚުންނޭވެ! އިސްވެ ދެންނެވިފައިވަނީ ހަޤީޤަތްތެކެވެ. ބެންކޮކަށް ދަތުރުކުރާ މަޖީދީމަގު މީހުން ކުރެން އަހާށެވެ. މިއީ އޭނާގެ ޙާލެވެ. މިއަދަކު ތިޔަ ފުޅިތައް ފެނިގެން ޖިބުއެމެންނަކު ހައިރާނެއް ނުވަމެވެ. ބުނެލަން ބޭނުންވަނީ ރީކޯމެން ވެރިކަން ކުރަން ބޭނުންނަމަ ފުރަތަމަ މަސްތު ފިލުވާށެވެ. އޭރުން ފަހަރުގައި ތިކަން ވެދާނެއެވެ. މަޖިލިސްތެރޭގައި ހުރެ ދުނިޔޭގައި އެންމެ ބަނގުރާ އަގުހެވީ ސައޫދީއަރަބިއްޔާގައޭ ބުނީވެސް މި ބީތާ ނޫންހެއްޔެވެ؟ އެއީ އިހަށްދުވަހު ވީކަމެކެވެ. މީރުގައި ސައުދީއަރަބިއްޔާއަކީ މަސްތުވާއެއްޗެހީގެ މައްސަލައިގާ ޤަތުލުކުރާކަން ލޯކަނަކަށްވެސް ފެންނާނެއެވެ. ދޮގުވެސް ހަދަންވާނެއެވެ. އެކަމަކު މިހާވަރަށް ހަދާކަށް ނުވާނެއެވެ. ރައްޔިތުންގެ ކުރިމަތީގައި ބޮޑެތި މުސާރަކައިގެން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެވެ.
ދެން އޮތީ އަނެއްވާހަކައެވެ! ލޯންސްޓާރ! މިއީ ވެރިކަމަށް ނާދެވޭއިރު މީނާގެ އަތްމަތީ ބަހެކެވެ. އެކަމަކު އާދަމްޒާހިރުގެ ފައިސާގައި މީނާ ވިޔަފާރިކުރާކަން އެމްޑީޕީގެ ހާޑްކޯ ކުދިންނަށް ރަނގަޅަށް އެނގޭނެއެވެ. ހެވީލޯޑަކީވެސް ކޮލިގޭ ނުވަތަ ކަނޑިންގެ ވިޔަފާރިއެކެވެ. ބައިއެޅޭ އެއްޗެކެވެ. ދެން އިޚްލާސްތެރިކަމުގެ ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ ރީކޯއަކީ ކާކުތޯ މަރިޔަމް ނިޝާކުރެން އަހާށެވެ. ސައިޒާ ބައްޓަމާއި ކިޔައިދޭނެއެވެ. ތިޔަ ރީކޯ އަކީ ދެން ކާކުހެއްޔެވެ؟ ތިއީ ނަޖިހެވެ. ރައީސް ނަޝީދުގެ ހަލާކެވެ. މަވާ ސަލާމެވެ. = މިރިޕޯޓް ލިޔުމުގައި މަޢްލޫމާތު ދެއްވި ހުރިހާ ފަރާތްތަކާއި އަފީފުގެ އަންހެނުންނަށް ޚާއްސަ ޝުކުރު ރައްދުކުރަން.
ޖިބުއެ: ރައީސްއޮފީސް/ ޖިބުއެ ސެކްޝަން.
Comments are closed