ފޭސްބުކް އަކީ ކަލާންގެއެއްނޫނެވެ

facebook-god-catholic-church-maldivian-gay-jariya-preg-mdpvs-drp-badimaumoon-party-oriyaan-badiedhuru-terrorist-islam-sexygirl-freedom-press

އިސްމާއިލަށް ދުވަސްގަނޑަކަށް ފަހު ހަޔާތުގެ ބައިވެރިއަކު ލިބުނެވެ. އޭނާވީ އުފަލުން ފުރަތަމަވެސް ދުއްވައިގަތީ ފޭސްބުކާ ދިމާއަށެވެ. އޭގައި ލިއުނެވެ. “ވާއު….އަހަރެންގެ ސްވީޓްހާޓް ލިބިއްޖެ….ހާދަ އުފަލެކޭ..، “.

އިއްބެގެ ދަރިފުޅު ހިތާނު ކުރަނީއެވެ. މޯބައިލް ފޯނުން ފޭސްބެކް އަޕްޑޭޓްކޮށްލިއެވެ.. “އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ހިތާނުކުރަން ވައްދައިފިއެވެ….އޭނައަށް ވޭނެއް ތަހައްމަލު ކުރަން ނުޖެހި އަވަހަށް ފަސޭހަވާނެ ނަމައެވެ…ދެން….”

އިމާލާ ރައްޓެހިވެގެން އުޅުނު ކުއްޖާ ރުޅިވީއެވެ. އޭނަގެ ފޭސްބުކްގައި ލިއުނެވެ. “އަހަރެންގެ މި ކަރުނަތައް ނުހުއްޓެއެވެ…މި ލިބެނީ ހާދަ ވޭނެކެވެ….”

އައިޝާގެ ސްޓޭޓަސްގައި މިދުވަސްކޮޅު މުޅިންވެސް ފެންނަނީ ޝަކުވާއެވެ. “މީ ކޮންކަހަލަ ދުނިޔެ އެއް ހެއްޔެވެ؟….” “މަށައް މިހެންވީ ކީއްވެހެއްޔެވެ….؟ ،،،” ކޮންމެވެސް މީހަކު އެހީވެދީބަލާށެވެ….އޯހ ގޯޑް ”

މަތީގައިވާ ކަންތައްތަކަކީ ހަމަ ހަގީގަތެކެވެ. ކިއުންތެރިންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފޭސްބުކް ރަހުމަތްތެރިންނަށް ނަޒަރު ހިންގާލިޔަސް މިއަށްވުރެ އިތުރު ކަންތައްތައްވެސް ފެންނާނެއެވެ. އަހަރެންގެ ސުވާލަކީ ފޭސްބުކަކީ އަހަރުމެންގެ ކަލާންގެ ހެއްޔެވެ؟ ކަމަކާ ދެރަވެ އެކަމެއްގެ ހައްލުގައި ޝަކުވާކޮށް ރޮއި ހެދުމާއި އުފަލެއް ލިބުމުން އެކަމުގެ ހަމްދު ކުރަން ހުރި ފަރާތް ބާކީކޮށް، އަހަރުމެންގެ ހުރިހާވެސް އެދުމެއް އެދެން ޖެހޭ ފަރާތަކީ ފޭސްބުކްއޭ ހީވަ ދަރަޖައަށް ގޮސްފިއެވެ.

އަހަރުމެން ކޮންމެ ކަމަކަށްވެސް އެންމެ ފުރަތަމަ އެދެން ހުރީ އެންމެ ފަރާތެކެވެ. އެފަރާތަށް އިހުލާސްތެރިކާއެކީ އެދެފިނަމަ އެކަމެއް ވާނެއެވެ. ނުވަތަ އެއަށްވުރެ ރަނގަޅު ގޮތެއް މެދުވެރިވާނެއެވެ. ފޭސްބުކް ގެ ސަމާލުކަން ހޯދުމަށްވުރެ ތިމައްސަލަތަކުގައި ހޯދަންވީ އަހަރުމެން ހެއްދެވިފަރާތުގެ ސަމާލުކަމެވެ.

އަހަރެންގެ ހިޔާލަށް އަންނަނީ ތަންކޮޅެއް ކުރިން މީހުން ޒިޔާރަތްތަކަށް ނަދުރުބުނެ، ތިމާ ބޭނުންވާ ކަމެއް ފުއްދުމަށް ކޮންމެވެސް ވަލީވެރިއެއް ކަމަށް ބުނާ މީހާގެ މަގްބަރާއަށްގޮސް އެފަދަ ތަންތަނުގައި ތިމާ ބޭނުންވާ ކަމެއް ބުނާހެދި ޒަމާނެވެ. ހިތާމައެއް ލިބުމުން އެކަން ފިލާދޭތޯ ބުނާ ނަދުރުތެކެވެ. އަހަރެން ހީވަނީ ޒަމާނީ ޒިޔާރަތަކަށް މިހާރު ފޭސްބުކްވެފައިވާކަމެވެ. ފޭސްބުކް އުފެއްދި މާކް ޒުކާބާއަކީ އެ ބުނާ ވަލީވެރިޔާ ނުވަތަ ކާހިނު މީހާއޭ ހީވާ ދަރަޖައަށެވެ.

އަހަރެން މަގްސަދަކީ ފޭސްބުކް ‘ހަރާމް’ ކުރުމެއް ނޫނެވެ. ފޭސްބުކްއިން ވެސް ފައިދާ ހުރި ކިތަންމެ ކަމެއް ކުރެވިދާނެއެވެ. މީހުންނަށް ތަފާތު މެސެޖްވެސް ދެވިދާނެއެވެ. އަދި ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް، އާ ރަހުމަތްތެރިން ހޯދިދާނެއެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް، ހުދޫދެއްވެއެވެ. އެކަމަކުން ތިމާ ބޭރުނުވާ ނަމަ އެއީ މައްސަލައެއްނޫނެވެ. އެކަމަކު މީގެ ކުރިން ދުއާ ކުރުމުގައި އަހަރުމެން ބޭނުންކުރި ބަސްތައް، މާތްﷲ އަށް ކަންތައްތަކަށް އެދެން ބޭނުންކުރި އިބާރަތްތައް ފޭސްބުކް އިން ފެންނަން ފެށީމާ އެކަމާމެދު އަހަރެންނަށް ފެންނަގޮތް ހިއްސާކޮށްލީއެވެ. ފޭސްބުކްގައި ތިމާގެ އީމާންތެރިކަން ވަޒަންކުރާ މިންގަނޑަކީ ހަމައެކަނި “އައިލަވް އިސްލާމް’ ގްރޫޕް ގެ މެމްބަރަކަށްވުމެއްނޫނެވެ. އަދި އެއަށްވުރެ ހިނިއަންނަނީ “އައިލަވް ﷲ” އާއި ޖެހިގެން “އައިލަވް ގޮތިކް”، “ދިވެހި އޮރިޔާން ބިޓުން” ފަދަ ގުރޫޕްގެ މެމްބަރުކަމުގައި ތިމާ ފެންނާތީއެވެ.

ލިޔުނީ: އަބްދުﷲ ޝަފީގު އަލީ

މުރާސިލް ބަޑިއެދުރު on Feb 21st, 2010 ސާއިއު ކުރެވުނީ ރިޕޯޓް. އާރުއެސް އެސްފީޑް އަށް އިސްތިރާކް ކުރެއްވުމަށް RSS 2.0. Both comments and pings are currently closed.

2 ހިޔާލުފާޚުކުރެވިފައިވޭ މިލިޔުމަށް “ފޭސްބުކް އަކީ ކަލާންގެއެއްނޫނެވެ”

  1. އަމީނު says:

    މިދެންކިހާވަރެއްގެ ކަމެއް.‫​ކީއްވެ އިމާލާ މިސާލަކަށްލީ؟ފޭސްބުކްއަށް ޖޯކުޖަހާފަ އެހެންނަމަވެސް މުޅިސައިޓުގަ މިއޮތީ މިސައިޓުގެ ފޭސްބުކުގެ ފޭންއަކަށްވާށޭ!!!!

  2. admin says:

    ޖޯަިެކު ޖެހިފައި އެވަނީ ފޭސްބޫކް އަކަށް ނޫނެވެ.‫​ ފޭސްބޫކް ކަލެއްކަމުގައި ދެކިގެން ފޭސްބޫކް ބޭނުންކުރާ މީހުންނަށް ހެއް ޕަކާއިސް ބޯބަހައްޓައިގެން ވިދާޅޫވޭ ނޫނީ އަޓާރީ ގޭމް ކުޅެންދޭ ބޯހަދައިގެން ކަންފަތަށް ބޮޅުލައްވައި ދެއްކެން.‫​ ހެއް ކުޑަކުދީންނަކަށް އަދި ގަމާރުންނަކަށް އަދި ކިއެއްތަ ޖާހލުން ނަކަށް ހޖަމެއް ނުވާނެ!

Comments are closed