ޑިމޮކްރެޓިކް އުސޫލުން ތަޅާފޮޅުން އާންމުވެއްޖެ

political-fight-maldivian-gay-jariya-preg-mdpvs-drp-badimaumoon-party-oriyaan-badiedhuru-terrorist-islam-sexygirl-freedom-press

ދިވެހިރުނޑިންގެޕާޓީގެ މާލޭގައި ހުންނަ މައި ވުޒާރާކައިރީ ތަޅާފޮޅުމާއި ގުއިޒުވާބު ކުރުން އާންމުވެއްޖެއެވެ. ރޭގެ ދަންވަރު ވުމާއި ކައިރިވެފައި ވަނިކޮށް ދިވެހި ރުނޑިންގެ ޕާޓީ ދޮރުމަތީގައި ގުއިޒުވާބު ކުރުމާއި އަނގައެރުވުން ހައްދުފަހަނަ އަޅައިފައި ވަނިކޮށް، ގުއްރާސް ކިޔާފައި ފުލުހުން އައިސް މިކަމެއް މައިތިރި ކޮށްފިއެވެ. މިކަމެއް ހިނގަން މެދުވެރިވީ ސަބަބެއް ހޯދާލުމަށް ބަޑިއެދުރުންގެ ޖާސޫސީ ވުޒާރާއިން ކުރެވުނު މަސައްކަތް ވަނީ ކާމިޔާބު ވެފައެވެ.
ޑީއާރުޕީގެ ކޮންގުރެސް ރޭސް ބާއްވަން ވެގެން މައުމޫނު ދަމާ މަޅިގަނޑެއްގައި ބަޔަކުންގެ މީހުން ޖެހިގެން އެކަމާއި ނުރުހުންވެގެންނެވެ. ވީގޮތަކީ، ކޮންގުރެހަށް ބޮޑުދެއްކެން މީހުން ވަނުމުގެ ލިސްޓް އެކުލަވާލުމުގެ ތެރޭގައި އެރިމަޅިއެކެވެ. ތަސްމީނު ހޮވުމަށްޓަކައި އަދި މީގެ އިތުރުން ޑީއާރުޕީ މައުމޫނުގެ މުންޑުތެރޭގައި ބޮޑު ދޮން ބައްޓެއްހެން ދޮންރިހަޕާޓީ ބޭއްވުމަށް ހުދުމައުމޫނު ބޭނުންވާތީވެ، ރާވައިގެން ފައިސާ ބަހައިގެން ވަލުދޮރޯށިން ބައިއަޅައި ވޯޓްގަތުމަށް މަސައްކަތްކުރީއެވެ. މިކަމާއި ޑީއާރުޕީގެ ގިނަބަޔަކު ނުރުހުންފާޅުކޮށް ހައިޖާނުހެދީއެވެ. ނެގުނު ވޯޓުވެސް އޮޅުވާލީއެވެ. މައުމޫނީން ޕުރެކުޓިސު ކުރަނީ ވޯޓް އޮޅުވައިގެން ވެރިކަމަށް އައުމެވެ. ދަސްވެފައި ހުރީވެސް އެގޮތެވެ. ވާނީވެސް އެހެންނެވެ. ތަސްމީނަކީ ހުރިގޮތަށް ހުރި ސިޔާސީ ކޮހެކެވެ. ހުދު ޑީއާރުޕީގެ މި މީހުންނަކީ ޑިމޮކްރެސީ ފުނޑައިގެން ދިޔާކޮށް ބޮއިގެންތިބި ކިނބިގަސްދޮށު މާލިމީންތަކެކެވެ.
ޑީއާރުޕީތެރޭގައި، އެތެރެކޮއިލުގައި ތަޅާފޮޅުމާއި އެކަކު އަނެކަކަށް ގުއިރޯނު ދަމާ އަދި ގުއިރޯނުގައި ޖައްސާ ގުއިޒުވާބުކުރުން އާންމުވެފައިވަނިކޮށް، ދޮންރިހައިގެ ބާނީ މައުމޫނު ޑީ އައުރު ޕީ ދޫކޮށް ޑީއާރުޕީގެ ރޫހާނީ ޒައީމަކަށް ވަނީއެވެ. އެހިނދު އުމަރުނަސީރު ޑީއާރުޕީ ތެރޭއަށް ތޮރުފިގަނެ  އަތްގަދަކުރަނީއެވެ. ޔާމީނޭ ކިޔުނު މީހަކުއައިސް ޑީއާރުޕީ ހިފައިފިއެވެ. ތަސްމީނާއި މައުމޫނު ޑިމޮކްރެޓިކް ހަމަތަކުގެމަތީން ތެޔޮދަމަނީއެވެ.
ގިނަ ޑީއަރުޕީންނާއި މައުމޫނުގެ ފޭނުން ބުނަމުންދަނީ، އަހަރުމެންބޭނުމީ މައުމޫނަށް ބުރޯކިޔާ އަނދަގޮޑި ރާޖާކަމުގައެވެ. ޑީއަރުޕީންނަށް ބައިއަޅާ ރައްޔެތުންގެ ހައްޤުތަށް ފޭރިގަތުމަށް ފަސްނުޖެހޭ ޚިޔާނާތްތެރި މޮޅު ހުޝިޔާރު މީހެއް ކަމުގައި ވުމަށެވެ. ބޮޑު ޗޯރު އިލިޔާސްބޭ ހުރީ، މޫނުގައި ހުދުފުށް ލައްޑަވައިގެން ރައްޔެތުން ތެރެއަށް ނުކުންނަން ބޭނުންވެ، ނުނިކުމެވި ތާށިވެފައެވެ.
ޑީއާރުޕީންނޭވެ! ބުނަމެވެ. ކަލޭމެން ތިހެން ތިބޭށެވެ. ނޫނީ ޑީއާރުޕީން ވަކިވާންވީއެވެ. ކަލޭމެން ތިޔަ ބޮޑާބެ ހިންގާ ޕާޓީން ވާ މޮޅެއް އަޅެނިކަން ބުނެބަލާށެވެ. ކަލޭމެން އެންމެންވެގެން ދޮންފުތުކޮށް މޮޅުކޮއްގެން އުޅުނު އަލްހާން ފަހުމީ މިހާރު ކޮބައިހެންޔެވެ. އެސޮރުވެސް އެދިޔައި މައުމޫނުގެ ބަލާ ބޮޑުވެގެން ނެވެ. ކޮބާ ގޮނޑުހެރޭ ހެއްޔެވެ. ޑީއާރުޕީގައި ރެނދުއަޅައި ފުނޑިގެން ހަފުސްވަނީއެވެ. ކަލޭމެން ތިތިބެނީ އަވާމެންދުރެއްގައެވެ.
ޑީއާރުޕީ ދިވެހި ޖައްވުގައި ގުގުމައެވެ. ވަރަށް ވަރުގަދައަށް އެބަ ގުގު މައެވެ. އެ ގުގުމުގެ އަޑަކީ ޑީއާރުޕީ ފުނޑޭ ގުގުމުމެވެ. ކަލޭމެން ޑީއާރުޕީ ވަރެއް ނެތިގެން ތިހެން ތިބޭނީނަމަ މޮޅުކަމެއް ކޮއްބަލާށެވެ. ގުއިރީފައި ގުއިތަފާލީގައި މޮޑަންކޮށްލާފައި އެސްއެސް ހޮޅިޔަކުން ތެޅިޔަސް ވަރިހަމައެވެ. ޕަކަ ޕަކާއިސް ހައް ހައް ހައް ހާސް ޕަކާސް

ލިޔުނީ: ކައްޒާބް

މުރާސިލް ބަޑިއެދުރު on Feb 7th, 2010 ސާއިއު ކުރެވުނީ ސިޔާސަތު. އާރުއެސް އެސްފީޑް އަށް އިސްތިރާކް ކުރެއްވުމަށް RSS 2.0. Both comments and pings are currently closed.

Comments are closed