ސިވިލްސާވިސް މުވައްޒިފުންނަށް ބޮޑު މުސާރަ ހައްޤެއްނޫން

civil-service-maldives-multiparty-catholic-church-maldivian-gay-jariya-preg-mdpvs-drp-badimaumoon-party-oriyaan-badiedhuru-terrorist-islam-sexygirl-freedom-press

ދަންނަވަންތޯއެވެ! ލޭހޫނު ނުވައްޗެވެ. ސިވިލްސާވިސް ބައިގަނޑަކީ މި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ އާބާދީއަށް ބަލާއިރު މަދު އާބާދީއެކެވެ. ތިބުނާ ޑިމޮކްރެޓިކް އުސޫލުންނަމަ ސިވިލްސާވިސް މުވައްޒިފުންގެ މަދު އާބާދީއަށް ޤައުމުގެ ބާރުތަކުން ދޭންވީ ވަކި ސަމާލުކަމެއް އަޅެ އެބައޮތް ހެއްޔެވެ. އަބަދުވެސް ހެޔޮވެރިކަމެއްގައި ދައުލަތުގެ ބާރުތަކާއި ޤައުމުގެ ވެރިމީހާ ވިސްނާނީ، ވިސްނަން ޖެހޭނީ ގިނަ ރައްޔެތުންގެ ހައްޤުތަކާއި މެދުގައި ނޫންހެއްޔެވެ. ޤައުމާއި ވަތަނާއި އަދި ދައުލަތަކީ ރައްޔެތުންނެވެ.
ސިވިލްސާވިސް މުވައްޒިފުންގެ ފުށުން ޤައުމުގެ ގިނަ ރައްޔެތުންނަށް ވަނީ ގެއްލުންތޯ! ނުވަތަ ދުއްތުރާތޯ އަޅެނިކަން ވިސްނާލަބަލާށެވެ. ޔަޤީނުންވެސް ސިވިލްސާވިސް މުވައްޒިފުންގެ ފުށުން ސަރުކާރުގެ އިދާރީ ހިންގުމަށް ބުރޫއަރާހިސާބައް ކަންކަން ހިނގަމުން ދާކަން ފާހަގަކުރެވެއެވެ.
ދަންވަރު ދެޖިންސުން ޖަހާނެ ސަކަރާތެއްޖަހާފައި ލޯއުންގުޅަމުން ގަޑިޖެހިގެން ވަޒީފާއަށް ދާތަން މަންޒަރުބަލާ މީހުންނަށް ފެންނާނެއެވެ. މިވެރީންގެ ކަންކަން ހުންނަގޮތުން ސަރުކާރުން ރައްޔެތުންނަށް ޚިދުމަތް ދިނުމަށް ލާފައި މިތިބަ ބޯނުބައި ސިވިލްސާވިސް މުވައްޒިފުން ތިބެނީ އޮފީހުގައި ފޭސްބޫކް ހާވާ ނޮޅާ ޗެޓްކުރާން ނޫންހެއްޔެވެ. ތިބޭނީ ބިޒީވެގެން ކަމަށް ހެދިގެންނެވެ. ރައްޔެތުން ޚިދުމަތް ހޯދުމަށް އެތިބެނީ ކިޔުހަދައިގެން ގަޑިބަލާލަ ބަލާލައެވެ. ވާހަކަޔަކީ ވާހަކައެވެ. ޚިދުމަތް ލިބިދިނުމުގައި މަޅިއަރާ އަނގަހުޅުވައިގެން ވަގުތުތަށް ދުއްވާލާފައި ކިޔުގައި ނޫންހެއްޔެވެ.
ސިވިލްސާވިސް ބެލުމުގައި ތިބި އައުވާނުންނަށް ބުނަމެވެ! ކަލޭމެން ތިކުރާ ބޭކާރު ޚަރަދު ކުޑަކުރާށެވެ. އަންހެންކުދީންނަށް ޗާލާކީ ދެއްކެން ތިކުރާ ބޭކާރު ޚަރަދުބޮނޑިއާއި، ފިރިހެނުންނަށް ތުއިދެއްކޭން އަންހެންވެރީން ތިކުރާ ޚަރަދު ކުޑަކުރާށެވެ. ގެސްޓްހައުސް ތަކަށް ގޮސް ނާޗަރަންގީ ޖެއްސުމަށް ތިކުރާ ޚަރަދުވެސް ތިރިކުރާށެވެ. ދެން މައިތިރިވެގެން އާއިލާބެލުމުގައި ސަމާލުވެ ރަށުތެރޭ އުޅޭށެވެ. ދެއިރު ދެދަޅައަށް ރާބޯއެ ނާސިގެތަކަށް ވަދެ ލަންކާއަށް ނުވަތަ ބޭރުގެ ކަރަކަރައަށް ނުގޮސް ތިބޭށެވެ. އޭރުން މަދުވެގެން ތިއުޅޭ ލާރިގަނޑު ފެންނާނެއެވެ.
ސިވިލްސާވިސް މުވައްޒިފުންނެވެ! އަދި އެއްވާހަކަ ބުނަމެވެ. ތިލިބޭ ލާރިފޮދުން، ލާރި ލިބިދާނެ އެހެންކަމެއް ރަށުތެރޭން ހޯދާށެވެ. ގޭގައިތިބޭ އަންހެންވެރީން ލައްވާ ގޭގައި މައިތިރި ކުރުވައިގެން ހެދިކާ ފިޔަފާރި ޖެއްސިޔަސް ހެވެ. މަސް ކެއްކިޔަސް ވަރިހަމައެވެ. ކަންނެލިބާނަށް ދާންވީއެވެ. އެވެސް ވަރަށް ނަފާވާ ކަމެކެވެ. ލަދުނުގަނެ ކުރިމަތިލާށެވެ. ތިއުޅެނީ ދެއްކޭށެވެ.

މުރާސިލް ބަޑިއެދުރު on Feb 2nd, 2010 ސާއިއު ކުރެވުނީ ކޮލަމް. އާރުއެސް އެސްފީޑް އަށް އިސްތިރާކް ކުރެއްވުމަށް RSS 2.0. Both comments and pings are currently closed.

Comments are closed