badiedhuru.comThe top political news headlines ޤާނޫނު އަސާސީގައި ފޮރުވިފައިވާ މިލިޓަރީ ވެރިކަމުގެ ފުރަތަމަ ސިލްސިލާ ބޮޅު!
ވަޒީރުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާ ހުށައަޅުއްވައިފިއެވެ. އިސްތިއުފާ ހުށައެޅުއްވީ، ވަޒީރުންގެ ޤާނޫނީ ހުވަޔާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބޭތީވެ ކަމަށްބުނެއެވެ! މިކަން ހާމަކުރީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި އިސްތިއުފާ ގެ ސިޓީތަކާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުވީ ނޫސްވެރީންގެ ކުރިމަތީގައެވެ. މިހާރު ވަޒީރުންގެ މަޖިލީހުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު.
ދައުލަތުގެ އެންމެ މަތީ ވެރިޔާ ގެ ހައިސިއްޔަތުން މިމައްސަލަ ތަހުގީގު [...]
ރ. އުނގޫފާރު ޕޮލިހާއި ހަވާލާދީ، މަޢުލޫމާތު ލިބުނު ގޮތުގައި ހިއްލަތުވަނީ މަސްތުވާޒާތުގެ އެއްޗެއް ބޭނުންކޮށްފައި!
މަޝްހޫރު ފިރިހެން ކުޅީ ހިއްލަތު ރަޝީދު ރ.ފުރަވެރި ކިޔާ ފަޅުރަށެއްގައި ހޭނެތިފައި އޮއްވާ ފެނިއްޖެއެވެ. ގޮތްނޭނގޭ ކަންތަށް ގަނޑެއްގައި ހިއްލަތުގެ ރައްޓެއްސެއްގެ މިފަޅުރަށައް ހިއްލަތު ދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ފަޅުރަށުން ވާހަކަދެއްކި މީހަކުބުނީ ހިއްލަތު މުޅިންވެސް އުޅެނީ އެކަނިމާ އެކަނި ވަލުގަ އެވެ. ކުރަނީ ކީތްކަމެއް ނޭނގޭ! 2010 ޖޫން 23 ވަނަދުވަހު، އިއްޔެގެ މެންދުރު ހިއްލަތު ކާން ނައިސްގެން އޭނާ [...]
އެކާވީސް އަހަރުގެ އަންހެނަކު ވަޅިން ހަމަލަދީ 34 އަހަރުގެ ޒުވާނަކު މަރާލައިފިއެވެ. އެމްޑީޕީގެ އެކްޓެވިސްޓެއް ކަމަށްވާ އިބްރާހީމް މަނިކު ( ބައިކަނޑި ) ގެ އަންހެންދަރިފުޅު ވަޅިން ހަމަލަދީ މަރާލާފައިވަނީ އޭނަގެ ކުރީގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕަ ޝާހިދު އެވެ. މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރު ހިންގި މިޤަތުލު، ހިންގާފައިވަނީ ޤާތިލުގެ ގެ ކަމުގައިވާ ހ. ބައިކަނޑިގޭގެ ކޮޓަރިއެއްގައެވެ.
މިދެމީހުންގެ ކުޑަދަރިފު ގެންގޮސް އެދަރިފުޅުގެ މާމައާއި ހަވާލުކޮށްފައި އަންހެންމީހާ ބުނިކަމަށްވަނީ މިބަކަރި ދެން ތިމަންނަގެ އަށް ފޮނުވައިގެންނުވާނެ [...]
ދުރަށްވިސްނަމުން ކުރަހަމުން ރާވަމުން ޒަމާންތަށް މިވަނީ ފަހަނަ އަޅާ ގޮއްސައެވެ. ބޯދާ ސަޤާފަތާއި ޖާހިލުންގެ ޒަމާނާއި އަލްވަދާއުކިޔާފަ! ދިވެހި ކާބަފައިންނާއި ކާއަމައިންގެ ޒަމާނާއި ބުދުދީންވެސް ދޫކޮށް “ދިވެހި ޤާނޫނީ ދީން” ޚިޔާރުކޮއްފައެވެ. އަމުދުން މި ޒަމާނަކީ ތަހުޒީބީ ދުވެލިބާރު މަޢުލޫމާތުގެ ޚަޒާނާ، މިއަދަށް ކުރި އަރައި ފައިވާ ޒަމާނެކެވެ. އެއީ މާތްވެގެންވާ ދިވެހީންނެވެ. ހުއްބުލް ވަތަނުގެ ދަރީންނެވެ. މިލިޔުން ކިޔާން އެދެވެނީ ދެންފަހެ ކެތްތެރީންނެވެ. މިދައްކަނީ ފަރަންޖީންގެ ވާހަކައެވެ.
ވިސްނުންހުއްޓެވެ! މާޒީގައި (ރަނިކަނބަލުން/ރަސްކަލުން، ބޮޑުން އަދި ނިކަމެތިން) ވަރަށް [...]
ރުޅި އަންނާނެ ކަމެއް ނެތެވެ. ކިޔާށެވެ. ހަޖަމް ނުކުރެވެންޏާ ރޭށެވެ. ގުއި ރުނަސްހެވެ. ހިޔާލުފާޅުކުރުމަކީ ހަމަ ކޮންމެ އިންސާނަކަށްމެ ލިބިފައިވާ ޝަހުސީ ބާރެންނޫންހެއްޔެވެ. ފަހަރެއްގައިވެސް ވަހުޝީ ބާރެއްނޫނެވެ. ދައްކަން މިއުޅެނީ އާދައިގެ ވާހަކައަކަށްވިޔަސް އާދައިގެ ވާހަކައެއްނޫނެވެ.
ދިވެހިން، ނުވަތަ ދިވެހިވަންތަކަމަކީ ހައްދެއް ކަނޑައެޅިފައިނުވާ ކުޅިގަނޑެކެވެ. ދިވެހީންގަނޑު ކަނޑުމަސްކާތާ ޒަމާންތަކެއް ފަހަނަ އަޅައި ހިގައްޖެއެވެ. ވީދުވަހެއްވެދިޔައީއެވެ. ޚާއްސަކޮށް ކަޅުބިލަމަސް ކައި އުޅޭ ބަޔަކީ މާތްވެގެންވާ ދިވެހިންނެވެ. ހުސްބުޅީގައި ގަންނަ މަސް ކައި ކައި މިތިބެވެނީ އެއްގޯސްވެފައެވެ. ޒަމާނީ ބަހުން ބުނާނަމަ [...]