ޖިންނި ބަލި ނުވަތަ ސިޙުރު ޖެހިއްޖެނަމަ އެނގޭނީ ކިހިނެއް؟

ޖިންނި މޮޔަ އަކީ ވާއެއްޗެއްކަން ޤުރުއާނުން ވަރަށް ސާފު ކޮށް އެނގޭ! މިއީ ދޮގު ނުކުރެވޭނެ ﷲ ގެ ބަސްފުޅު.
الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ    ۚ ﴿البقرة(275
މާނައީ: ރިބާކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތްދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެއެވެ.
ﷲ ލައްވާފައި ނުވާ ކަމަކުން އެކަލާނގެ ފޮތުގައި މިސާލު ނުޖައްސަވާނެކަން ކަށަވަރެވެ. ކިތަންމެ ބަޔަކު ދޮގު [...]