badiedhuru.comThe top political news headlines ދޮންޖޭބަށް ވީވަރު ނުވި….
ރާއްޖޭގެ އެންމެ ބޯގިނަ ސިޔާސީ ޕާޓީކަމަށް ކިޔާ ޑީ.އާރު.ޕީގެ ކޮންގުރެސް ނިމުމާއިއެކު ދިވެހި ޖައްވުގައި އިރެއްގައި ތިމާމެން ވަރެއްނެތިގެން އުޅުނު ބައިގަނޑުގެ ހައިބަތު ރިޔާސީ އިންތިޚާބަށްފަހު ތިރިވި ވަރަށްވުރެ އެތައް ގުނައެއް ތިރިވެ މުޅިން ސައިޒަށް ކެނޑިއްޖެއެވެ. ވިސްނާލައްވާށެވެ. މައުމޫނުގެ މުޅި ހަޔާތްހެން ވެރިކަމުގައި ހޭދަކުރިއިރު ފައިދާވީ ރަށްޓެހިންނާއި އާއިލާ މީހުންނަށެވެ. މިވެރިންގެ ނުފޫޒު ބަލައިލި ކޮންމެ ދިމާއަކަށް ފާވެފައިވެއެވެ. އަދި ނުހައްޤުން ހޯދި ބައިވަރުތަކުން މުއްސަނދިވެ ކުރިއަރައި، ތަޢުލީމީ މީހުންނަށްވެ މިތިބީ މައުމޫނުގެ [...]
ދިވެހި ރާއްޖޭގައި މިހާރު އެންމެ ބޮޑުވެގެން އުޅޭ އެއްމައްސަލަ ކަމަށްވާ ޙަރާމްވެގެންވާ ބަނގުރާ ވިއްކުމުގެ މައްސަލައާއި ގުޅޭގޮތުން ވަރަށް ހޫނު ޚަބަރެއް ލިބިއްޖެއެވެ.
ހ. ކޮޔާ އިބްރާހީމް ޝަމީމް ( 7776475 ) އިސްނަންގަވައިގެން ދިވެހި އެންމެހާ ލޮބުވެތި ރައްޔޮތުންގެ ޙައްޤުގައި ވަރަށް ގަދަފަދަ ޖިހާދެއް ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދެކޮޅަށް ކަނޑައެޅިގެން ޤަވާޢިދާއި ޚިލާފަށް ހެދިފައިވާ މަސްތުވާ ބަނގުރާ ވިއްކުމަށް ހަދައިފާ ޤަވާާޢިދު ބާތިލް ކުރުމަށް މި ހަފްތާގެ އާދީއްތަ ދުވަހު 2010/03/07 ގައި ވަނީ ދިވެހިރާއްޖޭގެ [...]
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކީ މަދުބައެއްގެ ޒާތީ އުފެއްދުމެކެވެ.
ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހޭ ކިޔައިގެން ލިޔެފައި ހުރި މަދު ކުނި ލިޔުން ފެނިފައި އަހުރެން ހައިރާންވެ އަންތަރީހެއް ނުވަމެވެ. ތާރީޚް ތެރޭގައި ބަކަތަޅާ ހެދިއިރުވެސް، އަހުރެން ދުށީ، އެޒަމާނުގެ ލިޔަން ކިޔާން އިނގޭ މަދު ބަޔަކު މި ދިވެހިރާއްޖޭގެ ކަންކަން ހިނގަމުން ދިޔަގޮތް އޮޅުވާލެވިފައި ވާތީއެވެ. އޭރުގެ ލިޔަން ކިޔާން އިނގޭ މަދު މީހުންގެ ހާލަތުހުރީ، އަމިއްލައެދުމުން ފޯވެފައިކަން ޤަބޫލް ކުރެވުނެވެ. އެޒަމާންތަކުގައި ޤައުމުގެ މައްޗަށް އަތްގަދަކޮށްގެން ތިބޭ ބަޔަކީ [...]
“ގާޒީންތައް އެއީ މަރާލާންވެފައި ތިބި ބައެއް”
ރާއްޖެއިން މަސްތުވާތަކެތި ނައްތާލާނޭކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސު ނަޝީދު ވިދާޅުވަމުން ގެންދަވާފައިވަނީ ރާއްޖޭގައި ތިބި މަސްތުވާތަކެތީގެ ބޮޑެތި ހަ މީހުން އެނގޭކަމުގައެވެ. އެ ހަ ބޮޑުން އަތުލައިގަތުމުން ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމާތްވާނޭކަމަށް ހީވާފަދަ އިބާރާތަކުން އޭރު ނަޝީދު ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރަށް އެ ހަ މީހުން އެނގޭއިރު ހައްޔަރު ނުކުރަނީ ކީއްވެހެއްޔެވެ. ސަރުކާރުން މަސްތުވާތަކެތި ހުއްޓުވަން ބޭނުން ނުވާތީ ހެއްޔެވެ. ނަމަވެސް [...]