badiedhuru.comThe top political news headlines ރީކޯ މޫސަ ބަސްޓްކޮށްލީ މާރިޔާއާއި އައްނި ގަސްތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްފާނެތީ، މިކަމުގައި އެންމެ އެހީތެރިވީ ޢާދިލު އެއީ އޭނާގެ ނަން ހަޑިވެފައިވާތީ: ޒުހައިރު މިރޭ ޖީސަސްއަފީފުއަށް މިކަމާއިގުޅިގެން ފޮނުވާފައިވާ އަވަގުރާނަ އެސްއެމްގައި މިކަން ހައިލައިޓްކޮށްފައިވޭ…އަފީފު
މިއީ ވަރަށް ރާވައިގެން ކުރެވުނު ކަމެކެވެ. ރީކޯ މޫސަގެ ކާރުގައި ބަނގުރާ އުފުލާތާ މިއީ 7ވަނަ މަހެވެ. އާއްމުގޮތެއްގައި ބަނގުރާ އުފުލަނީ 10އަކުން 12އަށެވެ. ރީކޯގެ ބަނގުރާ ގެންދަން އެންމެ ފޯރީގައި އުޅެނީ ހެވީލޯޑްގެ މީހަކާއި އެމްޑީޕީގެ ނަސީމުއެވެ. މިއީ ރީކޯމެންނަށް [...]
މާލޭގައި ފޭރުމުގެ ކަންތައް އިންތިހާއަށް ހިނގައްޖެއެވެ. މިއީ ޑިމޮކްރަސީތަކުގައި ވާނެގޮތެވެ. މިކަހަލަ ނުބައި ޖަރީމާތައް ނުހިނގާނީ ޑިމޮކްރަސީ ނުއޮންނަ ކަޓު ތަންތާގައެވެ. ސައުދީއަރަބިއްޔާ ކަހަލަ ތަންތަނުގައެވެ. އެތަންތާކު މީހުންމަރައިފައި ގޮސް ފިލާ ނުހުރެވޭނެއެވެ. އެއީ އެމީހާވެސް މަރާނެއެވެ. އެއީ ހަމަހަމަ ކުރާށެވެ. ފުރާނަޔަކަށް ފުރާނައެކެވެ. ލޮލަކަށް ލޮލެކެވެ.
ކޮންމެއަކަސް މިދެންނެވި ފޭރުމާއި ވައްކަމާއި މެރުން މި ހިންގަނީ ބަޔަކު ބޭނުމަކުއެވެ. އެއީ އެކަންކުރާ ބަޔެއްގެ ދިރިއުޅުމުގެ ޒަރޫރީ ޙާޖަތްތައް ފުއްދުމަށެވެ. އެމީހުންނަކީވެސް އިންސާނުންކަމަށްވާއިރު އެމީހުންވެސް އެމީހުންގެ ދިރިހުރުމުގެ ޙައްޤުގެ [...]
މާލެ/ދިވެހި ރާއްޖެ
ރީކޯ މޫސާގެ ކާރުން ބަނގުރާ ބަސްޓުވުމާއި ގުޅިގެން ސަރުކާރުގެ ލޯއެންފޯސްމަންޓް ޔުނިޓާއިއެކު ސިއްރުން ވެރިންގެ ސިއްރުބައްދަލުވުމެއް ހޮލިޑޭއިންގައި ހިންގަމުންދާތީ
No: Jibue!/008/24/2010
ނޫސްބަޔާން ކުއްލި އަދި ރަސްމީ
ޙަރާމްވެގެންވާ ބަނގުރާ މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުމުގެ ހުއްދަ އިއްޔެގެ ވަގުތެއްގައި ވަރަށް ސިއްރުން ޓްރޭޑުންވަނީ ޢާއްމުކޮށްފައެވެ. އަދި މީގެ އިތުރުން ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާޓީގެ ވަގުތީ ރައީސް ރީކޯ މޫސާމަނިކުގެ ކާރުން ގިނައަދެދެއްގެ ބަނގުރާ ބަސްޓުވެއްޖެކަމީ މިހާރު މުޅި ޤައުމަށް ފަޅާއަރާފައިވާ [...]
އިސްމާއިލަށް ދުވަސްގަނޑަކަށް ފަހު ހަޔާތުގެ ބައިވެރިއަކު ލިބުނެވެ. އޭނާވީ އުފަލުން ފުރަތަމަވެސް ދުއްވައިގަތީ ފޭސްބުކާ ދިމާއަށެވެ. އޭގައި ލިއުނެވެ. “ވާއު….އަހަރެންގެ ސްވީޓްހާޓް ލިބިއްޖެ….ހާދަ އުފަލެކޭ..، “.
އިއްބެގެ ދަރިފުޅު ހިތާނު ކުރަނީއެވެ. މޯބައިލް ފޯނުން ފޭސްބެކް އަޕްޑޭޓްކޮށްލިއެވެ.. “އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ހިތާނުކުރަން ވައްދައިފިއެވެ….އޭނައަށް ވޭނެއް ތަހައްމަލު ކުރަން ނުޖެހި އަވަހަށް ފަސޭހަވާނެ ނަމައެވެ…ދެން….”
އިމާލާ ރައްޓެހިވެގެން އުޅުނު ކުއްޖާ ރުޅިވީއެވެ. އޭނަގެ ފޭސްބުކްގައި ލިއުނެވެ. “އަހަރެންގެ މި ކަރުނަތައް ނުހުއްޓެއެވެ…މި ލިބެނީ ހާދަ ވޭނެކެވެ….”
އައިޝާގެ ސްޓޭޓަސްގައި މިދުވަސްކޮޅު [...]
ދިވެހިރުނޑިންގެޕާޓީގެ މާލޭގައި ހުންނަ މައި ވުޒާރާކައިރީ ތަޅާފޮޅުމާއި ގުއިޒުވާބު ކުރުން އާންމުވެއްޖެއެވެ. ރޭގެ ދަންވަރު ވުމާއި ކައިރިވެފައި ވަނިކޮށް ދިވެހި ރުނޑިންގެ ޕާޓީ ދޮރުމަތީގައި ގުއިޒުވާބު ކުރުމާއި އަނގައެރުވުން ހައްދުފަހަނަ އަޅައިފައި ވަނިކޮށް، ގުއްރާސް ކިޔާފައި ފުލުހުން އައިސް މިކަމެއް މައިތިރި ކޮށްފިއެވެ. މިކަމެއް ހިނގަން މެދުވެރިވީ ސަބަބެއް ހޯދާލުމަށް ބަޑިއެދުރުންގެ ޖާސޫސީ ވުޒާރާއިން ކުރެވުނު މަސައްކަތް ވަނީ ކާމިޔާބު ވެފައެވެ.
ޑީއާރުޕީގެ ކޮންގުރެސް ރޭސް ބާއްވަން ވެގެން މައުމޫނު ދަމާ މަޅިގަނޑެއްގައި ބަޔަކުންގެ މީހުން ޖެހިގެން އެކަމާއި [...]
ދަންނަވަންތޯއެވެ! ލޭހޫނު ނުވައްޗެވެ. ސިވިލްސާވިސް ބައިގަނޑަކީ މި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ އާބާދީއަށް ބަލާއިރު މަދު އާބާދީއެކެވެ. ތިބުނާ ޑިމޮކްރެޓިކް އުސޫލުންނަމަ ސިވިލްސާވިސް މުވައްޒިފުންގެ މަދު އާބާދީއަށް ޤައުމުގެ ބާރުތަކުން ދޭންވީ ވަކި ސަމާލުކަމެއް އަޅެ އެބައޮތް ހެއްޔެވެ. އަބަދުވެސް ހެޔޮވެރިކަމެއްގައި ދައުލަތުގެ ބާރުތަކާއި ޤައުމުގެ ވެރިމީހާ ވިސްނާނީ، ވިސްނަން ޖެހޭނީ ގިނަ ރައްޔެތުންގެ ހައްޤުތަކާއި މެދުގައި ނޫންހެއްޔެވެ. ޤައުމާއި ވަތަނާއި އަދި ދައުލަތަކީ ރައްޔެތުންނެވެ.
ސިވިލްސާވިސް މުވައްޒިފުންގެ ފުށުން ޤައުމުގެ ގިނަ ރައްޔެތުންނަށް ވަނީ ގެއްލުންތޯ! [...]