ސިވިލްސާވިސް ވަޒީފާތަކުގައި ތިބި މަދު ބައިގަނޑަކީ މައުމޫނިއްޔަތު ދިރުވަން ބޭނުންވާ ބައެއް

ދައުލަތުގެ މާލިއްޔާތަށް ނުކަތާވަރަށް، ސަރުކާރުގެ މުވައްޒިފުން ބަނޑަ ހަޖަހައިގެން، ނުފޯރާފޮތިން ފޫގަޅައިގެން މިޤައުމުގައި ވެރިކަން ކުރަން އުޅުނީ މައުމޫނުގެ ހަރުކަށި ބޯދާ ޒަމާނުގައެވެ. ޒަމާނީ ސިޔާސަތާއި ހަރުދަނާ އުސޫލުން، ޤައުމުގެ ގިނަ ރައްޔެތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ބައްޓަން ކުރަމުން، ރައްޔެތުންނަށް ޚިދުމަތްދެމުން ގެންދިޔުމަކީ މައުމޫނު ދުވަހެއްގައިވެސް ކޮއްދީފައިވާ ކަމެއްނޫނެވެ. އެކަމާހުރެ މައުމޫނުގެ ހަރުކަށި މުޑުދާރު ވެރިކަންވެސް އެދިޔައީ އެވެރިންގެ ގޮއްމުށުގެ ތެރޭން ލޫދިގެން ކަފާސްވެގެންނެވެ. ހަމަ ވެރިކަމުން ދަމާބޭލީހެއްޔެވެ؟ ނޫނީ ސިޔާސަތު ބޮއްސުންލައިގެން ވެރިކަން ދޫކޮށްލަން ރައްޔެތުން [...]

މަލްޓިޕާޓީ ސިޔާސަތުގެ ތެރޭން ރައްޔެތުންގެ ހައްގު ފޭރިގަތުން

މިލިޔުން ވިސްނުންތެރިކަމާއި، ބޯބަހައްޓައިގެން ކިޔުއްވަމުން ގެންދަވާށެވެ. މިދައްކާ ވާހަކަޔަކީ ތޯތޯ ޔޯޔޯ ވާހަކައެއް ނޫނެވެ. މަލްޓިޕާޓީ ސިޔާސަތުގެ ދޯހަޅިކަމާއި ޢައިރުޤާނޫނީ ސިޔާސަތުތަކުގެވާހަކައެވެ. މިފިކުރާއިއެކު ކުރިއަށް ޖެހެލަމާ ބަހީއެވެ.
ވޭތުވެދިޔަ އަނިޔާވެރި ދިގުޒަމާނުގައި ރައްޔެތުން ތިބީ އިޖްތިމާއީ ހާލަތުގައި އަނދަގޮނޑި ޖެހިފައި ނޫންހެއްޔެވެ. އަމުދުން މައުމޫނު ހުރީ ހަދާނެގޮތް ނޭންގި ސިޔާސީ ތާށިވުމެއްގެ ތެރޭގައި ނޫންހެއްޔެވެ. ކަމުގެ ނުރައްކާތެރި ކަމާއިއެކު މިކަމުގެ މައިތިރި މިހިރަތެޅޭ ޖާހިލު ކަލޭގެ މައުމޫނު ސިޔާސީ ހުޅުވާލުމަކުން ހުޅުވާލިއެވެ. އާދެ އެއީ ސިޔާސީ އަނގަތެޅުމުގެ މިނިވަންކަމާއި [...]

ބުރިޖު ދޮންބެއާއި ފުލެޓް ދޮންބެ

އާދެ ދާދި ފަހަކަށް އައިސް ބުރިޖު ދޮންބެއާއި ފުލެޓް ދޮންބެގެ ވާހަކައަކީ ދިވެހިންގެ ތެރޭގައި އާންމު ވާހަކައެކެވެ. އޭއީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މި ދެމީހުންނަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިއާސީ ޕާޓީގެ ދެ ލީޑަރުން ވެސްމެއެވެ. އާދެ މިދައްކަންއުޅޭ ވާހަކައަކީ މަޝްހޫރު ފަލަކީ ޢިލްމުވެރިޔާ ގޮޅާ މައުމޫނު އާއި ގަންޖާ ގެ ބައްޕަ ކެނެރީގޭ ނަޝީދުގެ ވާހަކައެވެ.
މި ދެމީހުންނަށް މި ދެނަން ކިއުނީ ކީވެގެންތޯ ބަލާލަމާ ހިގާށެވެ. އެންމެފަހުން އޮތް ރިއާސީ އިމްތިހާބްގައި [...]

ހައްދުފަހަނައެޅި ޑޮޓުންގެ ޓެރަރިސްޓް ލީޑަރ

ތިމާވަރު އިސްލާމްދީން ދެކެ ލޯބިވާ އެހެން މީހަކު، މިދިވެހި ޖައްވުގައި ނުހުންނާނެ ކަމަށް ބުނެ ދޮގު ދައުވާ އުފުލަމުންދާ މީހަކު އެނެއްކާ ފައުޅުވެއްޖެއެވެ. އާދެ މިނާއަކީ، ގަދަކަމުން ދަމާހަލާފައި ވެރިކަމުން ބޭލި ކުރީގެ ހުދުމުޚްތާރު، ޑީއާރުޕީ ބޮސް ކިނބިގަސްދޮށުގޭ މައުމޫނެވެ. މިއީ ހިޔަޅު ބައިގަނޑުގެ މުއްލާ ޑޮޓެވެ.
މައުމޫނީން ދެކޭގޮތުގައި އެވެރީންގެ ޖާހިލު މުއްލާމީހާ ހުކުރަށް ނާރަނީ މަސްލަހަތަށް ބަލާފަޔޯލައެވެ. މިހިރަ މިހިރަ ކަންކަން ފެނިފައި ހިނި ނުގެޅޭނެ ހެއްޔެވެ. ހިނިގެޅޭނެތާއެވެ. ބަޔަކު ބުންވެދާ ހުއްޓެވެ. ކުރާކަމެއް ހަމަ [...]