ނޭކުރެންދޫގައި ކޮއްކޮއަކު، ބޭބެގެ ކަރަށް ވަޅިން ހަމަލާދީ މަރާލައިފި

ތިލަދުންމަތީ ދެކުނުބުރީ ހދ ނޭކުރެންދޫގައި ކޮއްކޮއަކު، ބޭބެގެ ކަރަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ. މައުލޫމާތު ލިބުނު ގޮތުގައި އެއީ ވަނަމަކަށް “މާލޭ ހުސޭނު” ކިޔާ މީހެއްގެ ދެދަރިންނެވެ. ރޭދަންވަރުގެ ފަހުގެ ވަގުތެއްގައި މިކަންތަށް ހިނގިކަމުގެ މައުލޫމާތު ލިބުމާއިއެކު، ޚަބަރުބެލުމަށް ކުރެވުނުމަސައްކަތުން، ކޮންމެވެސް ވަރަކަށް ކަންހިގާދިޔަގޮތް އޮޅުންފިލާފައިވެއެވެ.
ދެބޭން ދެބޭންނަށް ހިނގި ހަމަނުޖެހުމެއްގައި، ބޭބެގެ މޭމަށްޗަށް ކޮއްކޮ (ޤާތިލް) އަރާއިނދެ، ދެފަރާތަށް ދެފައި ބާލައިގެން އިނދެ، ޤާތިލު (ކޮއްކޮ) ދިޔައީ ވަރަށް އަނިޔާވެރިގޮތަކަށް ކަރަށާއި ގައިގެ ތަންތަނަށް ހަމަލާ ދެމުންނެވެ. [...]

ކަރަންޓު އަގުބޮޑުކޮށްގެން ވާހަކަ ދައްކާނީ ގައުމަށް ހަރާމްކޯރުވާ މީހުން

ކަރަންޓު އަގުބޮޑުކުރިއްޔޭ ކިޔައިގެން، މުސާރަ ކުޑަކުރިއްޔޭ ކިޔައިގެން ވާހަކަ ދައްކަން ނުހަދާށެވެ. ވާހަކަ ދެއްކުމުގެ ކުރީގައި ކަމުގެ ދެކޮޅު ބެލުން ވަރަށް ބުއްދިވެރިވާނެއެވެ. ފުރަތަމަ ކަމަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ރައްޔިތުންނަށް ޙިދުމަތްދިނީމާ ހަމަ ގެއްލުންވަނީ ރައްޔިތުންނަށްކަން ގަބޫލުކުރާށެވެ. ސްޓެލްކޯއަށް ދުވާލަކު 3 ލައްކަ ރުފިޔާ ގެއްލުންކޮށްގެން ޙިދުމަތްދިނީމާ ގެއްލުންވަނީ ރައްޔިތުންނަށެވެ. ދައުލަތުގެ ބަޖެޓަށެވެ. އޭގެ ބަދަލުގައި ޙަރަދު ކިރިޔާ ޗަލާވަރަށް، އެންމެ 60 ލާރި ބޮޑުކޮށްލައިގެން މާ ކަންތަށް ބޮޑުކޮށްގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ތިމާމެންގެ [...]

ތަމަޅަ ޓައިގަރުން ނާއި ޑީ.އާރު.ޕީ ގެ ސިފަތަށް ދިމާވެއެވެ.

ޑީ.އާރު.ޕީ ނުވަތަ ދަރަނި ޕާޓީ ބަލިވަމުންދަނީ އެ ޕާޓީގައި ވާދަވެރި ސިޔާސީ މާހައުލެއްގައި މަސައްކަތްކުރާނެ ގާބިލު ތައުލީމީ ހިކުމަތްތެރި މީހުންނެތީމައެވެ. ދިގު ޒަމާންވަންދެން، ބައިގަރުނު ވަންދެން ޙުދުމުޙްތާރު ވެރިކަމެއްކޮށްފައިވާ ބަޔަކު 30 އަހަރުފަހުން ތިމަންނަމެންމީ ޑިމޮކްރެސީގެ ޕާޓީއެކޭ، ގައުމަށް ޑިމޮކްރެސީ ގެނެސްދޭނަމޭ ކިޔައިގެން ވާހަކަ ދެއްކިއިރުވެސް މި ބައިގަނޑުގެ ހަގީގީ އެޖެންޑާ ދިވެހިރައްޔިތުންނަށް އިނގެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ހާއިނުންތަށް ވެރިކަމުން ބާލާ، ގައުމު ހިންގުމުގެ ސަފުން ފަހާލާ، ބާކީކޮށް ގެޔަށްފޮނުވާލިއެވެ.
ރައީސް ނަސީދު ކައިރީގައި މި [...]

ޑީއާރުޕީ އިން ވެރިކަން ހިންގުމުގެ ބާރަށް ނުފޫޒު ފޯރުވާތީ ސަރުކާރު ހިމާޔަތްކޮށް ނެގެހެއްޓުމަށް ގައުމީ ފެންވަރެއްގައި އެމްޑީޕީގެ ހުރިހާ ދާއިރާތަކެއްގައި މުޒާހަރާކުރުމަށް ގޮވާލާ ޤަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ޑީއާރުޕީއިން ވެރިކަން ހިންގުމުގެ ބާރަށް ނާޖާއިޒް ގޮތުގައި ނުފޫޒު ފޯރުވައި ރައްޔިތުންގެ މަޖިލީހުގެ އިހްތިސާސް ނަހަމަ ގޮތުގައި ބޭނުންކޮށް، ޤާނޫނީ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ ސަރުކާރުގެ ވަޒީރުންނަށް ބިރުދެއްކުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިތުބާރުނެތް ކަމުގެ ވޯޓަށް ހުށަހަޅަމުން ގެންދާތީ ސަރުކާރު ހިމާޔަތްކޮށް ނެގެހެއްޓުމަށް ޤައުމީ ފެންވަރެއްގައި އެމްޑީޕީގެ ހުރިހާ ދާއިރާތަކެއްގައި މުޒާހަރާކުރުމަށް ގޮވާލާ، މި މުޒާހަރާ ރޭވުން ޤައުމީ މަޖިލީހުގެ މުޒާހަރާ ކޮމިޓީއާ ހަވާލުކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ޤަރާރެއް ފާސްކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ [...]

ދިވެހި ވެރިކަމަކީ ކާމިނީގޭ ސީދީގެ ތަރިކަ މުދަލެއްނޫނެވެ.

ދުވަހެއް ކަނޑައަޅައިގެން ދިވެހި ދައުލަތުގެ ބާރުތަށް ފޭރިގަނެ، ވެރިކަން ވައްޓާލުމަށް އަޑުފުލަން މިއީ ކާމިނީގޭ ސީދީއާއި، ކިނބިގަސްދޮށުގޭ ބައިގަނޑުގެ އަމިއްލަ ތަރިކަ މުދާ ހެއްޔެވެ؟ ބައިގަރުނު ވަންދެން ދިވެހިރާއްޖެއަށް ލިބުނު މަދު އާމްދަނީކޮޅު ކާލައިގެންތިބެ، އެކަންކަން ރައްޔިތުންނަށް ފަޅާއަރާ، ވެރިކަމުގައި ރައްޔިތުންނަށް އަނިޔާކޮށް، ވެރިކަމާއި ފާޑުކިޔާހެދި މީހުންގެ ގޯތިގެދޮރާއި، ހަރުމުދާ ފޭރިގަނެ، މިއަދު އެ ހުރިހާ ކަމެއް ފަޅާއެރީމާ އަދި އެ މައްސަލަތަށް ތަޙްގީގުކުރަމުންދާތީ އެކަމާއި ކެތްނުވެގެން ވެރިކަން ވައްޓާލުމަށް ކިތަންމެ ބޭނުންވިޔަސް އެކަމެއްނުވާނެއެވެ. ގައުމުގައިތިބި ވަގުންނާއި، [...]

މައުމޫނިއްޔަތާއި ވަލުބުޑުނުކެނޑޭ ހައްޕުނޑު

ކިޔުންތެރިންގެ ޚިޔާލަކީ ލިޔުން ކިޔާފަރާތާއި ލިޔާ ފަރާތާއި ދެމެދު ދަމާލެވިފައިވާ ލިޔެކިޔުމުގެ މިނެކިރުމެކެވެ. އާދެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ލިބިފައިވާ މި ޒަމާނުގައި މިފަދަ ޚިޔާލުތަކެއް އޮންލައިން މާހައުލެއްގައި ލިޔެވޭތީ މަމެން ވަރަށް އުފާކުރީމެވެ. މިނެކިރާނީ ކިޔުންތެރިންނެވެ. އަނިޔާވެރި މަކަރުވެރިން މިޤައުމުގައި ގޮއްމުށުގެ ބާރުން ވެރިކަމެއް ކުޅަ ދުވަސްވަރު ލިޔުންތެރީންނަށް ހަބޭސް ކުހުބަ ދުވަސްތަކަކާއި ކުރިމަތިލާންޖެހުނެވެ.
ލިޔުންތެރިން ޚުދުމުޚްތާރުވެ ބޯހަރުވެ، އަމިއްލަ ރައުޔުނެރެ ހަންފެތުރުމަކީ، މައުމޫނީންގެ ހުތުރު ސިފައެކެވެ. މިއީ ފާއިތުވި ބިރުވެރި 30 އަހަރުގެ ޒަމާންތަކުގައި އަނިޔާ [...]

އަލްއުސްތާޒު ގޮޅާބޯ

ގޮޅާބޯގެ 30 އަހަރުވީ ޚުދުމުޚުތާރު ވެރިކަމުގައި ކުރި ކަންތަކަކީ ހަމައެކަނި ރައްޔިތުން ހައްޔަރުކޮށް، ތަޅާ، މެރުން އެކަންޏެއް ނޫނެވެ. އަދި ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް، ތިމާޔާ ތިމާގެ އައުވާނުންގެ ބޭންކް އެކައުންޓުތައް ބޮޑު ކުރުމެއްވެސް ނޫނެވެ. އެމީހުންގެ ގެދޮރުތައް ދިހަބާރަ ބުރިޔަށް ނަގާ، ރަން ފާޚާނާތައްޓައް ގުއިރުން އެކަންޏެއްވެސް ނޫނެވެ. ވަރަށް ފައްކާ ތާކުންތާކު ނުޖެހޭ ކަންތައްތައްވެސް ކޮށްފައި އެބަހުއްޓެވެ. އަދި، މިއަދުގެ ސަރުކާރުންވެސް އަދިވެސް ފާޑަކަށް އާދަކާދައެއްކަމަށް ހަދައިގެން މިކަންކަން ކުރަމުން އެބަދެއެވެ. މީގެ ތެރޭގައި [...]

ނިޔުރޯންސް މަދު ކާޅު ގެ ކަރުސަތުނާމާ (18 އަހަރުން މައްޗަށް)

ބަލަ ކާޅާ އެވެ ކެއްސައްގޮރު އަރައިގެން އުޅޭހެން ތިޔަ ތެޅެނީ ކިހިނެތްވެގެން ހެއްޔެވެ؟ ގައިމު ތަންކޮޅެއް ކުރިން ބޮޓަކުސް ޖަހާލަން ބޭރުގައި އުޅެލާފަ އެނބުރި އައިދުވަހު ބުނީމެއްނޫންހެޔެވެ. ކާޅު ކުރި އެއްކަމެއްވެސް ހަމަ އެއްބަޔަކަށްވެސް ސާބިތެއް ނުކުރެވޭނެއެވެ. އދ.އަށް ހުށަހެޅިޔަސް ސާބިތެއް ނުކުރެވެއެކޭ ކާޅު އެޅި ބޮޑުފާލަން ދޮށުގައި ހުރެގެން ކާޅަށް ސަނާކިޔާ ނޫސްވެރިން އެއްކޮށްގެން ނުބުނަންހެއްޔެވެ. ދެން މިހާރު އަނެއްކާ ތިޔަސޮރު ތިވީދެނީ ކޮން ފެނެއްބޮވިގެންހެއްޔެވެ. ތިޔަ ކިޔަނީ ކީކޭހެއްޔެވެ. އޭޖީ ލަތީފާއާ ދެންވެސް ތިބިއްޔާ [...]

ތިންބާރުން ކުރެ އެއްވެސް ބާރަކުން އިސްލާމީ ޝަރީއަތަށް އަތްބޭނިގެން ނުވާނެ

ލިޔެވިދާނެއެވެ. ކިތަންމެ ޅެމެއްވެސް ބިންދިދާނެއެވެ. އަންނިއަކީ ޖެނެރޭޓަރެއް ނޫނެވެ. ޤާނޫނީއިމުންބޭރުން މިސަރުކާރު އެއްވެސް ކަމެއްނުކުރެވޭނެއެވެ. ނުވެސްކުރާނޫއެވެ. ކުރިޔަކަނުވެސްދޭނެއެވެ. އެންމެހާ ރައްޔިތުން މިތިބީ ހުރިހާ މިނިވަންކަމެއް ލިބި މިނިވަންވެފައެވެ. ކަތިފިޔަވަޅެއް މިސަރުކާރަށް ވެސް އެޅުމުގެފުރުސަތު އޮވެދާނެއެވެ. މިހެނީ މިސަރުކާރު ހިންގަންތިބެނީ އިންސާނުން ކަމަށްވީތީއެވެ. މިސަރުކާރުން މިހާތަނަށް ޤާނޫނީ ކަތިކަމެއް ގެންގުޅެފައި ނުވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި އަސާސީ މިނިވަންކަން ލިބިދީފައި ވެއެވެ. މި މިނިވަންކަމުގެ ބޭނުމަކީ މިހާރުވެސް ރައްޔިތުން ބޭނުން ހިފަމުންދާ، އަދި މި މިނިވަންކަމަށް ސަރުކާރުން ބާރުއަޅާ އިޙްތިރާމް [...]

ޑީ.އާރު.ޕީ އަށް ސަރުކާރު ވައްޓާލެވިދާނެބާ؟

ގައުމުގައި ތިބި ވަގުންނާއި، ރަށްމެދަށް ވިހައިގެންތިބި މީހުނާއި، ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކޮށްފައިވާ މީހުނާއި، އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރެއިން ހަޔެއްކަމީހުން ނިކުމެ ވެރިކަން ބަދަލުކުރާވާހަކަ ދެއްކިޔަސް ކަހަރިވަކު ލަނބެކޭވެސް ހީނުވާނެއެވެ. ދަތް ފިއްތައިގެން މެދު ދަތުގައި ދޫލާން ތިބޭށެވެ. އެކަށްޗެއްވެސް ދެން ނުހެދޭނެއެވެ. މާތްﷲ އިރާދަފުޅުން ދެން ދުވަހަކުވެސް މިގައުމުގައި ޑީ.އާރު.ޕީ އަކަށް ވެރިކަމެއް ނުކުރެވެނެއެވެ. އަދި އެ ފުރުސަތެއް ރައްޔިތުންނެއް ނުވެސް ދޭނެއެވެ. ނުވެސް ލިބޭނެއެވެ. އަހަރުމެން އަދި ދާދި އަވަހަށް [...]