އެލްޓީޓީ އަށް ހަތިޔާރު ވިއްކި މީހުންގެ ލިސްޓް ގައި މައުމޫނު ؟

1976 ވަނައަހަރުގެ މެއި މަހު އުފެދިފައިވާ އެލްޓީޓީ އަކީ ދިވެހިރާއްޖެ އާއި އެންމެ ގާތުން އޮންނަ ސްރީލަންކާގައި ހަރަކާތްތެރިވެފައިވާ ޓެރަރިސްޓް ޖަމާޢަތެކެވެ. އެލްޓީޓީ އިން ކޮށްފައިވާ އަހުލީ ހަނގުރާމަ ނިމުމަކަށް ގެނެސްފައިވަނީ 2009 ވަނަ އަހަރުގެ މެއި މަހުއެވެ. 33  އަހަރުގެ ދިގުމުއްދަތެއް ވަންދެން މި ޖަމާޢަތުން ވަނީ ސްރީލަންކާގައި ” މިޒަމާނުގެ ހަތިޔާރު” ބޭނުންކޮށްގެން އެކި ވަރުގެ ހަމަލާ އުފައްދާފައެވެ. ދިވެހިރާއްޖޭގައި ކުރެވެމުން އައި މައުމޫނުގެ ވެރިކަން 30 އަހަރުގެ ދިގު މުއްދަތަކަށް ފަހު ނިމުމާއި [...]

ނިމިދިޔަ ސަރުކާރުގެ ވައްކަންތައް ސާބިތެއް ނުވޭހެއްޔެވެ؟

ކިނބިގަސްދޮށުގޭ މައުމޫނު އަނިޔާވެރިކަމާއެކު ކުރި ޙުދުމުޙްތާރު 30 އަހަރު ދުވަހުގެ ސަރުކާރުން ކޮއްފައިވާ ވައްކަންތަށް ފަޅާނާރަނީހެއްޔެވެ؟ ދިވެހިރައްޔިތުން މައުމޫނަށް ކުރަނީ ތުޙުމަތެއްނޫނެވެ. ދިވެހިރައްޔިތުން ދައްކަނީ ސާބިތުވެފައިހުރި ވާހަކައެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން
އައްޔަން ކޮއްފައިވާ އޮޑިޓަރ ޖެނެރަލް 2007 ވަނަ އަހަރުގެ އެކަނި ކޮއްފައިވާ އޮޑިޓުތަކުން މައުމޫނުގެ ސަރުކާރުން ދިވެހި ހަޒާނާއިން ކޮއްފައިވާ ވައްކަންތައް ފަޅާނާރާހެވެ. ސާބިތެއްނުވޭހެއްޔެވެ؟ އަދި މިވަރުންވީކީ ނޫނެވެ. އޮޑިޓަރ ޖެނެރަލުގެ ރިޕޯޓުތަކުގެ މައްޗަށް ފުލުސް އޮފީހުން ކުރި
ތަޙްގީގުތަކުން މައުމޫނުގެ ތިމާގެ މީހުންނާއި، [...]

ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށް - ރައްޔިތުންނަށް ބޭސްފަރުވާ ހިލޭ

ދައްކަން މިއުޅެނީ އެއްމިލިއަން ރުފިޔާގެ ނަސީބު ކޫޕަނެއް މުޅި އެންމެންނަށް ހުޅުވާލި ވާހަކައެއްނޫނެވެ. ދައްކަން މިއުޅެނީ ދިވެހިރާއްޖޭގެ ހުރިހާ އެންމެންނަށް ބޭސްފަރުވާ ހިލޭ ކުރެވޭނެ އިންތިޒާމު ހަމަޖެހުނު ވާހަކައެވެ. ރައީސް ނަސީދުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބޭސް ފަރުވާއަށް ސަލާންޖެހުން
ނައްތާލިވާހަކައެވެ. މިއަދު އެއްވެސް ދިވެއްސެއް ބޭސް ނުކުރެވިގެން، ބޭސް ފަރުވާއަށް ސަލާންޖަހާކަށް ނުޖެހޭނެއެވެ. އެކަން އެވަނީ ސަރުކާރުން ކޮއްދީފައެވެ. ވައުދު ފުއްދަވާދެއްވާފައެވެ.
ކިނބިގަސްދޮށުގޭ މައުމޫނު ރައްޔިތުންލައްވާ ތީމުގެއަށް އާދޭސް ކޮށް ބޭސް ފަރުވާއަށް ސަލާންޖަހާ ސިޓީ އެޅުވި ޒަމާން [...]

މެޖޯރިޓީއަކީ ދިވެހިރައްޔިތުންނެވެ. ރައްޔިތުންގެ މަޖްލީހެއް ނޫނެވެ.

ދިވެހި ތާރީޙުގައިވެސް ކުރި އެންމެ އަނިޔާވެރި އަދި ދައުލަތުން ވައްކަންކޮއްގެން ކޮއްފައިވާ ވެރިކަމުގައި ބައިވެރިވެފައިވާ އަދި އެ ވެރިކަން ކުރި މީހާއަށް ސަޖިދަޖަހާވަރު ވެފައިވާ ބަޔަކަށް ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖްލިސް ނުވަތަ ރައްޔިތުންގެ މަޖްލީހުގެ ގިނަ ގޮނޑި ލިބިމުން މިއަދު ދިވެހި
ރައްޔިތުން ހިތާމަކުރަމެވެ. ކަންދިމާކުރި ގޮތުން މިފަހަރުވެސް ދިވެހިންނަށް ވިސްނުނީ މާ ފަހުންނެވެ. އޭރުވެސް އަދި މިހާރުވެސް އަހަރުމެން ކިޔަމުން މިއަންނަނީ އެއް ލަވަޔެކެވެ. ގައުމަށް ޙިޔާނާތްތެރިވެފައިވާ އަދި ރައްޔިތުންނަށް އަނިޔާދީފައިވާ ޙުދުމުޙްތާރު ޖައްބާރު ވެރިކަމެއް [...]

ރައްޔިތުންގެ މަޖްލީހަކީ ރައްޔިތުންނަށް ހުރި މުސީބާތަކަށް ނުހަދާށެވެ

ދިވެހިރައްޔިތުންގެ އެތަށް ގުރުބާނީތަކެއްގެ ސަބަބުން، އާ ދުސްތޫރީ ނިޒާމެއްގައި ގައުމު ހިނގަމުންދާ ދަނޑިވަޅުގައި ރައްޔިތުންގެ މަޖްލީހަކީ އެންމެ ޒިންމާދާރުވާން ޖެހޭ، އަދި އެންމެ ބޮޑަށް މި ގައުމަށް މި ގެނެވުނު ބަދަލު ދެނެގަނެ، ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި މަސައްކަތްކުރުމަށް ރައްޔިތުންގެ ބައިތުލްމާލުން ބޮޑު މުސާރަދީފައި މަޖްލީހަށް އިންތިހާބު ކޮއްފާއިވާ ބަޔެކެވެ. ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަކީ ޒިންމާދާރުކަމާއި، އިލްމީ ވިސްނުންތަކާއި، ގައުމުގެ ކުރިމަގަށް ވިސްނައިގެން އިޙްލާސްތެރިކަމާ އެކު މަސައްކަތްކުރަންޖެހޭ ބަޔެކެވެ. ގައުމުގެ ހައިބަތު ދެމެހެއްޓުމަށްޓަކައި އަދި މަޖްލީހުގެ ކަރާމާތާއި، އިއްޒަތް [...]

މައުމޫނަށް އިނާޔަތްދޭން ޖެހޭތަ؟ އެކަމާ ރައްޔިތުން ރުހޭބާ؟؟

ޒައީމޫއެވެ! މުޅި ރަށުގައި ދައްކަނީ ޒައީމުގެ ވާހަކައެވެ. މިއޮއް ރޯދަމަހު ޒައީމު އާއި ދިމާލަށް ބަލާވެރިކަމަކަށް ގޮވާ، ރުޅިނާރުވާކަ މީހެއް މި ގައުމުގައި މަދުވާނެއެވެ. އިއްޔެވެސް މާރުކޭޓަށް ދޮން އަތައެއް ގަނެލަން ދިޔަތަނާ މާރުކޭޓު ގޮޅިތަކުގައި ތިބި މީހުންވެސް ޒައީމު އާއި ދިމާލަށް ބަވާވަރުން އެންމެފަހުން އަތަވެސް ގަނެނުލާ މަ އައީ ގެޔަށެވެ. ޒައީމުއަށް މާ މަސްފަލަ އިނާޔަތެއް ދޭން އުޅޭތީ މުޅިގައުމުގެ ކުދި ބޮޑު އެންމެން އެކަމާ ދެކޮޅަށް އަޑު އުފުލަނީއެވެ. އެންމެ ފަލަ ރާގޮނޑިވަރުގެ [...]

ޒައީމު މައުމޫނު ދީނީ ނަސޭޙަތް ދިނުމާ ދެކޮޅު ހަދަން

ޒައީމޫއެވެ! ތެދެއްހެއްޔެވެ! ދީނީ ނަސޭހަތް ދޭން ތައްޔާރުވާ ޙަބަރު މަށަށް ލިބުނެވެ. ޒައީމުއެވެ އަނެއްކާވެސް މި ގައުމުގެ ރައްޔިތުން މަގުފުރައްދަން މަސައްކަތް ފަށަން ތި ރޭވީދޯއެވެ. މިއޮއް ހުރިހާ ދުވަހު ތިމާވަރުގެ ދީނީ އިލްމުވެރިއެއް ނެތިގެން، އުޑުން ފައިބާފައިހުރި މީހަކަށް ވެގެން ދީން އެއީ ޒައީމުގެ ވެރިކަމުގެ ހަތިޔާރަކަށް ހަދައި އިސްލާމި ރިވެތި ސަގާފަތް މިގައުމުން ފޮހެލާ، ރައްޔިތުން ވާ ވެއްދީ ޒައީމު ނޫންތޯއެވެ.
ޒައީމުއެވެ! ރޯނު އެދުރުވާން ނޫޅޭށެވެ! ޒައީމުއަކީ ހުރިހާ ކަމެއް އިނގޭނެ އަދި ހުރިހާ [...]