ޒައީމުގެ ހަނދު ސާބިތުކުރުމާއި، ރޯދަ އެލަވަންސް

ޒައީމުއެވެ! މަހީކުރީ ފިލާއޮވެގެންވެސް މިފަހަރު ރޯދަމަހަށް ހަނދުބަލާނީ ޒައީމުކަމަށެވެ. އެއްކަލަ ގެންގުޅޭ ޓެލެކެސް ކޯޕުތަކާއި، ގުދައްއޮވެ މާސްކުއަޅައިގެން ތަރިތަކަށް ބަލާ ކެމެރޭތަކާއި އެއްޗެހި ގެންގުޅެނީ ޒައީމުވީމައެވެ. މިއުޅޭ އަންހެންވެރިން ކިޔާއުޅޭ ގޮތުގައި ރޯދައަށް ހަނދުބަލާރޭ ޒައީމު މަޑު ނޫކުލައިގެ ސޯޓުބުރިއަކާއި، ގުރާފެހިކުލައިގެ ގަންޖަފުރާހެއް ލައިގެން ތީމުގޭ ފުރާޅުމައްޗަށް އަރާހުރެ އެއްކަލަ ފީނާ މީހުން އަޅާކަހަލަ މާސްކެއް އަޅައިގެން ތަރިތަކަށް ބަލާ، ހަނދުފެނޭތީ ބަލާކަމަށްވެއެވެ. ޒައީމުއެވެ. އަސްލުވެސް މަހީކުރީ މިފަހަރު ހަނދުބެލުމުގެ ކަންތައްކުރާނީ ” ފޯމަ ޕްރެޒިޑެންޓް އޮފީސް [...]

މައުމޫން އިސްލާމީ ޝަރީއަތް ޤާއިމް ނުކުރީކީއްވެ

މައުމޫންގެ 30 އަހަރުގެ ދިގުވެރިކަމުގައި އިސްލާމީ ސަރީއަތް ގާއިމް ނުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ކޮބާތޯއެވެ.؟ މައުމޫންގެ ވެރިކަމުގައި ރާއްޖޭގައި ކުށްކުރުން އިންތިހާއަށް އާންމުވެގެން ދިޔައީ ކޮން ސަބަބަކާއި ހުރެތޯއެވެ؟ މިކަމުގެ ސަބަބު ކަމަށް އަޅުގަނޑަށް ފެނުނީ، މައުމޫންގެ ގިނަ އަހުވާނުންނަނީ، ބޮޑެތި ވަގުންނަށް ކަމާއި ބޮޑެތި ކުށްވެރިންނަށް ވީކަމެވެ؟
ވައްކަން ކުރާމީހުންނަން އަތްކެނޑުމުގެ އަދަބު ދޭން ޖެހޭނަމަ ފުރަތަމަ އަންބަރީ އަބްދުލް ސައްތާރުގެ އަތް ކަނޑަށް ޖެހެއެވެ. މީނާއަކީ މުޅި ދުނިޔޭގައި ވެސް ނުވާފަދަ ބޮޑު ވަގެކެވެ. [...]

ހަވީރު ނޫހަކީ ގައުމަށް ހުރި ބިރެއް، ބަލާވެރިކަމެއް

ހަވީރު ނޫހަކީ މިނިވަން ނޫސްވެރިކަމޭ ކިޔައިގެން މިހާރު ރައްޔިތުންނާއި މުޅިގައުމަށްހުރި ބަލާވެރިކަމަށް ވެއްޖެއެވެ. ސަރުކާރަށް ޖެއްސުންކުރާނަމޭ ހިތާ ފާޑުފާޑުގެ ވާހަކަތައް ލިޔެލިޔެ އެކަމުން ކަމެއްނުވީމާ މިހާރު ރައްޔިތުންނަށް ޙިދުމަތްދޭން ސަރުކާރުން ހަވާލުކުރި ކުންފުނިތަކާ ޖައްސާލާ ރައްޔިތުންގެ ކުރިމަތީގައި އެހެން މަންޒަރެއް ދައްކުވަން މަސައްކަތްކުރަނީއެވެ. ވިޔަފާރިކުރާ ކުންފުންޏެއްވިއްޔާ ދަރަންޏާއި އަރަނި ހުންނާނެއެވެ. ކުރެޑިޓަށް މުދާނެގުމާއި، ފައިސާ ދެއްކުން ލަސްވުމާއި މިއީ ވިޔަފާރިތެރޭގައި އަންމުކޮން ހިނގާ ކަންކަމެވެ. ދޯނި ސާރވިސްގެ ވަހަކަތައް މީގެ ކުރިން ނުދައްކާ، ސަރުކާރުން ޕްރެޖެކްޓެއް ދީ [...]

އެޑިއުކޭޝަން މިނިސްޓްރީއިން ބިލެއްދޫ ސްކޫލަށް ވެރިޔަކު ހަމަޖެއްސެވުން އިބިލީހުގެ ކައިވެންޏަށް

ފ.ބިލެއްދޫ ސްކޫލަކީ ކުދިންނާއި މުއައްޒިފުންގެ ނިސްބަތުން ރާއްޖެތެރޭގެ ސްކޫލުތަކަށް ބަލާއިރު ކުޑަ ސްކޫލެކޭ ނުދެންނެވޭނެއެވެ. ގްރޭޑް 1ކުން 12 އާއި ހަމަޔަށް ކިޔަވައިދެވޭ މިސްކޫލަކީ ސަރުކާރު ސްކޫލެކެވެ. ނަމަވެސް ހިތާމަޔަކީ އެހެން ސަރުކާރު ސްކޫލުތަކާއި މިތަނާއި ތަފާތުކުރުންތަކެއް
ހުރިކަމެވެ.
ތަނުގައި އިސްސަފުގައި ހުންނެވީ ހަމަ އެންމެ ލީޑިންގް ޓީޗަރެކެވެ. ދެންހުންނެވި ބޭފުޅާގެ ވަޒީފާ ސްކޫލުގައި އޮތަސް ދިރިއުޅުއްވަނީ މާލޭގައެވެ. ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގްރޭޑްތަކުގެ ކިޔަވައިދިނުމުގެ ކަންތައްތަކުގެ އިތުރުން ތަނުގެ އިދާރީ ހިންގުމުގެ މަސައްކަތްތައްވެސް
ކުރަންވީ އެންމެ މީހެކެވެ. [...]

ޒައީމު

ފާއިތުވެގެން ދިޔަ 30 އަހަރުގެ ވާހަކަ ދައްކާމީހުން ވަރަށް ގިނައެވެ. ދިވެހިން އެތިރީސް އަހަރު އުޅުނު ގޮތާއި މެދުއެވެ. ޙުދް އަޅުގަނޑަކީ އެތިރީސް އަހަރުގެ ވާހަކަ ވަރަށް އަޑު ހަރުކޮށް ދައްކާ އުޅޭމީހެކެވެ. ހިނިވެސް އެއްވަނީ ހަކުރު އުޅޭތާކަށެވެ. މިގޮތައް ފާއިތު ވެގެން ދިޔަ 30 އަހަރު ޒައީމު ހަކުރު އެއްކުރީ މާލެއަށެވެ. ދެން ހިނިތައް އަންނަން ޖެހޭނީ ވެސް މާލެއެވެ. އާދެ ތަޢުލީމު މާލޭގައެވެ. ސިއްޙީ ހިދުމަތް މާލޭގައެވެ. ދެން ހުރި ހުރިހާ ކަމެއްވެސް މާލޭގައެވެ.
މިހެން [...]

އިގްތިސާދު އަނބުރާލުމަށް ހިތި ބޭސް ބޯންވެސް ތައްޔާރު

އިގްތިސާދީ ގޮތުން ދުނިޔެ މި ތަޖްރިބާ ކުރަމުންދާ ބަނަ ދުވަސްތަކުގައި، ޙާއްސަކޮން ގައުމުގެ ތިޖޫރީގައި ފައިސާނެތުމާއި، ބޭރު ގައުމުތަކަށް ދަރާފައި އޮތުމާއި، ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިމިވާ ނާޒުކު ދަނޑިވަޅުގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި، ސިޔާސީ މަގާމުތަކުގެ މުސާރަތަށް ކުޑަކޮން، އަދި ޙާއްސަކޮން ރަނގަޅު އުސޫލެއްގެ ދަށުން ސަރުކާރުގެ މުވައްޒަފުން މަދު ކުރުމަކީ މިގައުމަށް މިހާރުން މިހާރަށް ނުހަނު ބޭނުންތެރި ކަމެކެވެ.
އާބާދީގެ ނިސްބަތުން، ސަރުކާރުގެ މުވައްޒަފުން ގިނަވެފައިވަނީ ޙުދުމުޙްތާރު ވެރިކަން ކުރަމުން އަންނަ ގައުމުތަކުގައެވެ. ގައުމު ދަރުވާލާފައިވެސް [...]

ރައީސް އޮބާމާއާއި ރައީސް ނަޝީދުގެ ހަޔާތްޕުޅުގައި އެއްގޮތް ކަންތައްތަކެއް

ރައީސް ނަޝީދަކީ ރާއްޖޭގެ ހަތަރު ވަނަ ރައީސެވެ. އޮބާމާ އަކީ އެމެރިކާގެ 44 ވަނަ ރައީސެވެ. ރައީސް ނަޝީދުގެ ތިއްބެވީ ދެ އަންހެން ދަރިކަނބަލުންނެވެ.
އޮބާމާގެ ވެސް ތިއްބެވީ ދެ އަންހެން ދަރިކަނބަލުންނެވެ. ދެބޭފުޅުންގެ އުމުރު އުޅެނީ ސާޅީހުގައެވެ.
ދެ ބޭފުޅުން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ 60 ގެ އަހަރުތަކުގައެވެ. ނަޝީދަށް 42 އަހަރެވެ. އޮބާމާއަށް 48 އަހަރެވެ. ބޭރުގެ ނޫސްތަކުގައި ރައީސް ނަޝީދަކީ އޭޝިއާގެ އޮބާމާ ކަމުގައި ބުނަމުންދަނީ މިދެންނެވި ސަބަބުތަކަކަށްޓަކައެއް ނޫނެވެ. ދެ ބޭފުޅުންގެ ރައީސްކަމަށް ވަޑައިގަތް [...]

ޑީ.އާރު.ޕީ ބައިބައިވެ، ރޫޅިއްޖެ

އަހަރުމެން ދެއްކިވާހަކަ މިއަދު މިހިރަދަނީ ފެންނަމުންނެވެ. ސިޔާސީ ޕާޓީތަކާއި، ސިޔާސީ ކަންކަމުގައި އުޅެންވާނީ ހަގީގީ ސިޔާސީ ވިސްނުން ގެންގުޅޭ، އަދި ގައުމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިގެންވާ މީހުންނެވެ. އެ ދުވަހުވެސް އަހަރުމެން ދައްކަމުން އައި
ވާހަކަ މިއަދު މިދަނީ ފެންނަމުންނެވެ. ހަގީގަތުގައި ޑީ.އާރު.ޕީ އަކީ ސިޔާސީ ޕާޓީއެއްގެ ސިފަތަކެއްގެ މައްޗަށް އުފެދިފައިވާ ޕާޓީއަކަށްވުރެ އެމީހުންގެ ބޭނުމަކީ މައުމޫނުގެ ވަށައިގެން ” ޒައީމު” ޒައީމު ކިޔައިގެން އޭނާ ހިތްރުއްސަން އުޅުމާއި، ގައުމުގެ ބައިތުލްމާލުން ވައްކަންކޮށް، މުޅި [...]

ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ވަޒީފާއިން ވެސް ކަނޑަންވީއެވެ

ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށް ވަޒީރުންގެ މަޖީލުން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން މިކަމަކީ ސިޔާސީ ކަމަކަށް ހަދައިގެން ޕޮއިންޓް ހޯދަންހަދައިގެން ފަލީޙަތްވުން ނޫން އެއްވެސް ކަމެއްނުވާނެއެވެ. މިހުރިހާ ދުވަހު ރައްޔިތުންނަށް ހެޔޮއެދިގެން، ބޭނުންގޮތަކަށް ވެރިކަމުގެ ބާރުތަކާއި، އަދުލު އިންސާފުގެ މައްޗަށް ފާވެގެން ތިބެ، ވެރިކަންކުރި ދުވަސްވަރު ސަރުކާރު މުވައްޒަފުންނަށް ޖެއްސި ހާލު ހަނދާންކޮއްލާށެވެ.
ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަންޖެހެއެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މީހުން ވަޒީފާއިންވެސް ވަކިކުރަންޖެހެއެވެ. ގައުމަށް ކެތް ނުވާވަރަށް ސަރުކާރުގެ މުވައްޒަފުންތަކެއް ލައިގެން [...]

ޖެނެރަލް ޒައީމު - އިންޑިޔާގެ އަސްކަރީ ގުޅުން

ޖެނެރަލް ޒައީމުއެވެ! ތިޔައީ ސައްދާމު ހުސޭނުމެން، ކާނަލް ގައްޒާފީ މެން، ޕަރުވޭޒް މުސައްރަފު މެން އަދި ހިޓްލަރުމެނަށް ވުރެވެސް ކުޅަދާނަ ޖެނެރަލެކެވެ. މިލިޓަރީ އުސްތާޒެކެވެ. އަސްކަރީ ގޮތުން އަރާހުރި ރަކިސް ބޮނޑެއްދޯއެވެ. ޒައީމުއެވެ! އަސްކަރީ ޖެނެރަލަކަށް ވެގެން، ޔުނިފޯމުލާ، ސިފައިން އަރާކަހަލަ ސޭފްޓީއަކަށް އަރައިގެން ދެފައި ހިއްލާނުލެވިގެން އުޅުނުވާހަކަ ކިޔާއުޅުނެވެ. މާ ބޮޑު ޖެނެރަލަކަށް ވެގެން ހެޔޮކޮން ވިއްޔާ މީހާއަށް ފަތަންވެސް ނޭތްގެދޯއެވެ. ވަދު އަޅާލާ، ގާވަދު ހަލުވާލަން ނޭންގޭ ފިރިހެނެކަށް އަދި ބޮޑު ސިންގާ ޔުނިފޯމެއް [...]