އިންސާނެއްގެ ބޯ ބުރިކޮށް އިހާނެތިކޮށް ހިތުން!

ދުރަށްވިސްނަމުން ކުރަހަމުން ރާވަމުން ޒަމާންތަށް މިވަނީ ފަހަނަ އަޅާ ގޮއްސައެވެ. ބޯދާ ސަޤާފަތާއި ޖާހިލުންގެ ޒަމާނާއި އަލްވަދާއުކިޔާފަ! ދިވެހި ކާބަފައިންނާއި ކާއަމައިންގެ ޒަމާނާއި ބުދުދީންވެސް ދޫކޮށް “ދިވެހި ޤާނޫނީ ދީން” ޚިޔާރުކޮއްފައެވެ. އަމުދުން މި ޒަމާނަކީ ތަހުޒީބީ ދުވެލިބާރު މަޢުލޫމާތުގެ ޚަޒާނާ، މިއަދަށް ކުރި އަރައި ފައިވާ ޒަމާނެކެވެ. އެއީ މާތްވެގެންވާ ދިވެހީންނެވެ. ހުއްބުލް ވަތަނުގެ ދަރީންނެވެ. މިލިޔުން ކިޔާން އެދެވެނީ ދެންފަހެ ކެތްތެރީންނެވެ. މިދައްކަނީ ފަރަންޖީންގެ ވާހަކައެވެ.
ވިސްނުންހުއްޓެވެ! މާޒީގައި (ރަނިކަނބަލުން/ރަސްކަލުން، ބޮޑުން އަދި ނިކަމެތިން) ވަރަށް [...]

މާތްވެގެންވާ ދިވެހިންގަނޑު، ހުސްބުޅީގާ ގަންނަގަތުމަށް ބަދަލެއް އަންނާނެބާ!

ރުޅި އަންނާނެ ކަމެއް ނެތެވެ. ކިޔާށެވެ. ހަޖަމް ނުކުރެވެންޏާ ރޭށެވެ. ގުއި ރުނަސްހެވެ. ހިޔާލުފާޅުކުރުމަކީ ހަމަ ކޮންމެ އިންސާނަކަށްމެ ލިބިފައިވާ ޝަހުސީ ބާރެންނޫންހެއްޔެވެ. ފަހަރެއްގައިވެސް ވަހުޝީ ބާރެއްނޫނެވެ. ދައްކަން މިއުޅެނީ އާދައިގެ ވާހަކައަކަށްވިޔަސް އާދައިގެ ވާހަކައެއްނޫނެވެ.
ދިވެހިން، ނުވަތަ ދިވެހިވަންތަކަމަކީ ހައްދެއް ކަނޑައެޅިފައިނުވާ ކުޅިގަނޑެކެވެ. ދިވެހީންގަނޑު ކަނޑުމަސްކާތާ ޒަމާންތަކެއް ފަހަނަ އަޅައި ހިގައްޖެއެވެ. ވީދުވަހެއްވެދިޔައީއެވެ. ޚާއްސަކޮށް ކަޅުބިލަމަސް ކައި އުޅޭ ބަޔަކީ މާތްވެގެންވާ ދިވެހިންނެވެ. ހުސްބުޅީގައި ގަންނަ މަސް ކައި ކައި މިތިބެވެނީ އެއްގޯސްވެފައެވެ. ޒަމާނީ ބަހުން ބުނާނަމަ [...]

ތުއްތޮންބެއަކަށްވެސް ދެން އާއިލާގެ ބޭފުޅުންނަށް ބެއްލެވޭކަށް ނެތޯ!

ދޮންޖޭބަށް ވީވަރު ނުވި….

ރާއްޖޭގެ އެންމެ ބޯގިނަ ސިޔާސީ ޕާޓީކަމަށް ކިޔާ ޑީ.އާރު.ޕީގެ ކޮންގުރެސް ނިމުމާއިއެކު ދިވެހި ޖައްވުގައި އިރެއްގައި ތިމާމެން ވަރެއްނެތިގެން އުޅުނު ބައިގަނޑުގެ ހައިބަތު ރިޔާސީ އިންތިޚާބަށްފަހު ތިރިވި ވަރަށްވުރެ އެތައް ގުނައެއް ތިރިވެ މުޅިން ސައިޒަށް ކެނޑިއްޖެއެވެ. ވިސްނާލައްވާށެވެ. މައުމޫނުގެ މުޅި ހަޔާތްހެން ވެރިކަމުގައި ހޭދަކުރިއިރު ފައިދާވީ ރަށްޓެހިންނާއި އާއިލާ މީހުންނަށެވެ. މިވެރިންގެ ނުފޫޒު ބަލައިލި ކޮންމެ ދިމާއަކަށް ފާވެފައިވެއެވެ. އަދި ނުހައްޤުން ހޯދި ބައިވަރުތަކުން މުއްސަނދިވެ ކުރިއަރައި، ތަޢުލީމީ މީހުންނަށްވެ މިތިބީ މައުމޫނުގެ [...]

ޕާޓޭންނަށް ޖިބުއެގެ ގޮވާލުން 1

މާލޭގައި ފޭރުމުގެ ކަންތައް އިންތިހާއަށް ހިނގައްޖެއެވެ. މިއީ ޑިމޮކްރަސީތަކުގައި ވާނެގޮތެވެ. މިކަހަލަ ނުބައި ޖަރީމާތައް ނުހިނގާނީ ޑިމޮކްރަސީ ނުއޮންނަ ކަޓު ތަންތާގައެވެ. ސައުދީއަރަބިއްޔާ ކަހަލަ ތަންތަނުގައެވެ. އެތަންތާކު މީހުންމަރައިފައި ގޮސް ފިލާ ނުހުރެވޭނެއެވެ. އެއީ އެމީހާވެސް މަރާނެއެވެ. އެއީ ހަމަހަމަ ކުރާށެވެ. ފުރާނަޔަކަށް ފުރާނައެކެވެ. ލޮލަކަށް ލޮލެކެވެ.
ކޮންމެއަކަސް މިދެންނެވި ފޭރުމާއި ވައްކަމާއި މެރުން މި ހިންގަނީ ބަޔަކު ބޭނުމަކުއެވެ. އެއީ އެކަންކުރާ ބަޔެއްގެ ދިރިއުޅުމުގެ ޒަރޫރީ ޙާޖަތްތައް ފުއްދުމަށެވެ. އެމީހުންނަކީވެސް އިންސާނުންކަމަށްވާއިރު އެމީހުންވެސް އެމީހުންގެ ދިރިހުރުމުގެ ޙައްޤުގެ [...]

ސިވިލްސާވިސް މުވައްޒިފުންނަށް ބޮޑު މުސާރަ ހައްޤެއްނޫން

ދަންނަވަންތޯއެވެ! ލޭހޫނު ނުވައްޗެވެ. ސިވިލްސާވިސް ބައިގަނޑަކީ މި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ އާބާދީއަށް ބަލާއިރު މަދު އާބާދީއެކެވެ. ތިބުނާ ޑިމޮކްރެޓިކް އުސޫލުންނަމަ ސިވިލްސާވިސް މުވައްޒިފުންގެ މަދު އާބާދީއަށް ޤައުމުގެ ބާރުތަކުން ދޭންވީ ވަކި ސަމާލުކަމެއް އަޅެ އެބައޮތް ހެއްޔެވެ. އަބަދުވެސް ހެޔޮވެރިކަމެއްގައި ދައުލަތުގެ ބާރުތަކާއި ޤައުމުގެ ވެރިމީހާ ވިސްނާނީ، ވިސްނަން ޖެހޭނީ ގިނަ ރައްޔެތުންގެ ހައްޤުތަކާއި މެދުގައި ނޫންހެއްޔެވެ. ޤައުމާއި ވަތަނާއި އަދި ދައުލަތަކީ ރައްޔެތުންނެވެ.
ސިވިލްސާވިސް މުވައްޒިފުންގެ ފުށުން ޤައުމުގެ ގިނަ ރައްޔެތުންނަށް ވަނީ ގެއްލުންތޯ! [...]

ސިވިލްސާވިސް ވަޒީފާތަކުގައި ތިބި މަދު ބައިގަނޑަކީ މައުމޫނިއްޔަތު ދިރުވަން ބޭނުންވާ ބައެއް

ދައުލަތުގެ މާލިއްޔާތަށް ނުކަތާވަރަށް، ސަރުކާރުގެ މުވައްޒިފުން ބަނޑަ ހަޖަހައިގެން، ނުފޯރާފޮތިން ފޫގަޅައިގެން މިޤައުމުގައި ވެރިކަން ކުރަން އުޅުނީ މައުމޫނުގެ ހަރުކަށި ބޯދާ ޒަމާނުގައެވެ. ޒަމާނީ ސިޔާސަތާއި ހަރުދަނާ އުސޫލުން، ޤައުމުގެ ގިނަ ރައްޔެތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ބައްޓަން ކުރަމުން، ރައްޔެތުންނަށް ޚިދުމަތްދެމުން ގެންދިޔުމަކީ މައުމޫނު ދުވަހެއްގައިވެސް ކޮއްދީފައިވާ ކަމެއްނޫނެވެ. އެކަމާހުރެ މައުމޫނުގެ ހަރުކަށި މުޑުދާރު ވެރިކަންވެސް އެދިޔައީ އެވެރިންގެ ގޮއްމުށުގެ ތެރޭން ލޫދިގެން ކަފާސްވެގެންނެވެ. ހަމަ ވެރިކަމުން ދަމާބޭލީހެއްޔެވެ؟ ނޫނީ ސިޔާސަތު ބޮއްސުންލައިގެން ވެރިކަން ދޫކޮށްލަން ރައްޔެތުން [...]

ހައްދުފަހަނައެޅި ޑޮޓުންގެ ޓެރަރިސްޓް ލީޑަރ

ތިމާވަރު އިސްލާމްދީން ދެކެ ލޯބިވާ އެހެން މީހަކު، މިދިވެހި ޖައްވުގައި ނުހުންނާނެ ކަމަށް ބުނެ ދޮގު ދައުވާ އުފުލަމުންދާ މީހަކު އެނެއްކާ ފައުޅުވެއްޖެއެވެ. އާދެ މިނާއަކީ، ގަދަކަމުން ދަމާހަލާފައި ވެރިކަމުން ބޭލި ކުރީގެ ހުދުމުޚްތާރު، ޑީއާރުޕީ ބޮސް ކިނބިގަސްދޮށުގޭ މައުމޫނެވެ. މިއީ ހިޔަޅު ބައިގަނޑުގެ މުއްލާ ޑޮޓެވެ.
މައުމޫނީން ދެކޭގޮތުގައި އެވެރީންގެ ޖާހިލު މުއްލާމީހާ ހުކުރަށް ނާރަނީ މަސްލަހަތަށް ބަލާފަޔޯލައެވެ. މިހިރަ މިހިރަ ކަންކަން ފެނިފައި ހިނި ނުގެޅޭނެ ހެއްޔެވެ. ހިނިގެޅޭނެތާއެވެ. ބަޔަކު ބުންވެދާ ހުއްޓެވެ. ކުރާކަމެއް ހަމަ [...]

ދިވެހި އެއާރލައިންގައި ބަނގުރާ ވިއްކުމަށް ބުއްދިކޮށްފި

ރައްޔެތުންނޭވެ! ޖިބުއެގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދިވެހި އެއަލައިން މޯލްޑިވިއަންގައިވެސް ބަނގުރާ ވިއްކުމަށް އެތެރޭން ނިންމައިފާވާކަން ކަށަވަރު ވެއްޖެއެވެ. މިއީ އާ ޤަވާޢިދުގައިވާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި މިނިސްޓްރީއަށް ފެންނަބަޔަކަށް ދެވޭ ހުއްދައިގެ ދަށުންނެވެ. ރާއްޖެތެރޭގައި އިންޓަރނޭޝަނަލް އެއަރޕޯޓް ހެދުމާއި އެކު އެތަންތަނަށް ދަތުރުކުރާ ހުރިހާ އެއަލައިން ތަކުގައިވެސް ބަނގުރާ ލިބެން ހުންނާނެއެވެ. މިއީ ހުޅުވިގެންދާ ކިތައް ދޮރުހެއްޔެވެ؟ އަނެއްކާވެސް އިތުރު ދޮރުތަކެވެ. އަދި ރާއްޖެތެރޭގެ ހޮޓާތައް ކޮބައިހެއްޔެވެ؟ އާއެކެވެ. ޤަވާޢިދު ހަދާނީ މިހާރުއެވެ. ހޮޓާތައް އެޅޭނީ [...]

ގެސްޓުން ރާއްޖެ އަންނަނީ ރާބޯން!

ރާ ދޯ!!! ރަލަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަސްދަރު، އާދެ ކީރިތި ޤުރުއާނުގެ ނައްޞުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ފަހެ މިފަދަ އެއްޗެއް ހުއްދަކޮށް އެފަދަ އެއްޗެއްގެ ވިޔަފާރި ހުއްދަކުރަން އުޅޭ ބައެއްގެ އިސްލާމްކަން ހުންނާނީ ކިހާ ހިސާބެއްގައި ތޯއެވެ!
ދުނިޔޭގެ ޓުއަރިޒަމް އިންޑަސްޓްރީއާއީ ބަނގުރަލާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ. ވަކީން ޚާއްސަކޮށް ދިވެހި ފަތުރުވެރިކަމާއި ބަނގުރަލަކާ އެއްވެސް ގުޅުމެއް ނެތެވެ. ފަތުރުވެރީން ރާއްޖެ އަންނަނީ، އެމީހުންގެ ފިނިމޫސުމާއި ދިމާކޮށް، ނޫނީ އެމީހުންގެ ހޫނުމޫސުމާ ދިމާކޮށް [...]

ބުދުފައްޅި އަޅަން އުޅުނީ ކާކު؟

ބުދު ފައްޅީގެ ވާހަކަ މިދައަކަނީ ބަޔަކު ހޭބަލިވެގެން ތޯއެވެ؟ މި ރާއްޖޭގައި ބުދު ފައްޅިއެއް އަޅަން އެބަ އުޅެހެވެ؟ ލަނޑާ ގިރާވަރު ގައި 40 ފޫޓްގެ ބޮޑު ބުދެއް ބަހައްޓައިގެން ޒުވާން އަންހެން ކުދިން ލައްވައި ރޯއޮރިޔާމުން ނެއްޓުވީ ކޮން ވެރިކަމެއް ގަ ތޯއެވެ؟ މާސޮޑު މައުމޫނު ވެރިކަމުގައެވެ.  މާލެގެ ކްލިނިކެއްގައި ނަސޯރާ( ކުރިސްޓިއަން) ދީން ފެތުރުމުގެ މަސައްކަތް ކުރެއްވީ ކާކުގެ ޒައާމަތުގެ ދަށުގައައި ތޯއެވެ؟ ޝީ ބިލްޑިންގުތެރޭގައި އެފެތުރީ ކޮންދީނެއްހެއްޔެވެ. ވަހިއްދީނު ނުވަތަ ސަމްސުއްދީނުހެއްޔެވެ. ޝީބިލްޑިންގ [...]