މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް ޓަވަރުގައި ޒުވާނަކު ދަންޖެހިފައި

އެއާޕޯޓުގެ ޓަވަރުގައި މަސައްކަތްކުރާ މީހެއްކަމުގައިވާ އިސްމާޢީލް މުޙައްމަދުދީދީ ޓަވަރުގައި ދަންޖެހިގެން މަރުވެއްޖެއެވެ. ގދ.ތިނަދޫ އިސްމާޢީލް މުޙައްމަދުދީދީ ދަންޖެހިގެން މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ޓަވަރުން ބާލާފައިވަނީ މިއަދު ހެނދުނު ކެރޭނެއް ބެނުންކޮށްގެންނެވެ.
ޚަބަރު ލިބޭ ގޮތުގައި އިސްމާޢީލް މުޙައްމަދުދީދީ އަކީ އިސްލާމްދީން އެއްގޮތަކަށްވެސް ޤަބޫލުކުރާ މީހެއްނޫނެވެ. އެގޮތުން އިސްލާމްދީން ޤަބޫލުނުކުރާ ކަމަށް އޭނާގެ ރައްޓެހިންގާތު ބުނުމާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި މަލާމާތްކުރުމަކީ އޭނާ ވަރަށް ގިނައިން ކުރާ ކަމެކެވެ. އަދި އިސްލާމްދީން ޤަބޫލުނުކުރާތީ އޭނާގެ [...]

ވަޒީރުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާ ހުށައަޅުއްވައިފި!

ޤާނޫނު އަސާސީގައި ފޮރުވިފައިވާ މިލިޓަރީ ވެރިކަމުގެ ފުރަތަމަ ސިލްސިލާ ބޮޅު!
ވަޒީރުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާ ހުށައަޅުއްވައިފިއެވެ. އިސްތިއުފާ ހުށައެޅުއްވީ، ވަޒީރުންގެ ޤާނޫނީ ހުވަޔާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބޭތީވެ ކަމަށްބުނެއެވެ! މިކަން ހާމަކުރީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި އިސްތިއުފާ ގެ ސިޓީތަކާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުވީ ނޫސްވެރީންގެ ކުރިމަތީގައެވެ. މިހާރު ވަޒީރުންގެ މަޖިލީހުގައި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު.
ދައުލަތުގެ އެންމެ މަތީ ވެރިޔާ ގެ ހައިސިއްޔަތުން މިމައްސަލަ ތަހުގީގު [...]

މަޝްހޫރު މޯކުޅި ހިއްލަތު ރަޝީދު ފަޅުރަށެއްގައި ޑްރަގް އޯވާރޑޯޒްވެގެން ހޭނެތިފައި އޮއްވާ ފެނިއްޖެ!

ރ. އުނގޫފާރު ޕޮލިހާއި ހަވާލާދީ، މަޢުލޫމާތު ލިބުނު ގޮތުގައި ހިއްލަތުވަނީ މަސްތުވާޒާތުގެ އެއްޗެއް ބޭނުންކޮށްފައި!

މަޝްހޫރު ފިރިހެން ކުޅީ ހިއްލަތު ރަޝީދު ރ.ފުރަވެރި ކިޔާ ފަޅުރަށެއްގައި ހޭނެތިފައި އޮއްވާ ފެނިއްޖެއެވެ. ގޮތްނޭނގޭ ކަންތަށް ގަނޑެއްގައި ހިއްލަތުގެ ރައްޓެއްސެއްގެ މިފަޅުރަށައް ހިއްލަތު ދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ފަޅުރަށުން ވާހަކަދެއްކި މީހަކުބުނީ ހިއްލަތު މުޅިންވެސް އުޅެނީ އެކަނިމާ އެކަނި ވަލުގަ އެވެ. ކުރަނީ ކީތްކަމެއް ނޭނގޭ! 2010 ޖޫން 23 ވަނަދުވަހު، އިއްޔެގެ މެންދުރު ހިއްލަތު ކާން ނައިސްގެން އޭނާ [...]

ކުރީގެ ފިރިމީހާ މަރާލި ޤާތިލް

އެކާވީސް އަހަރުގެ އަންހެނަކު ވަޅިން ހަމަލަދީ 34 އަހަރުގެ ޒުވާނަކު މަރާލައިފިއެވެ. އެމްޑީޕީގެ އެކްޓެވިސްޓެއް ކަމަށްވާ އިބްރާހީމް މަނިކު ( ބައިކަނޑި ) ގެ އަންހެންދަރިފުޅު ވަޅިން ހަމަލަދީ މަރާލާފައިވަނީ އޭނަގެ ކުރީގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕަ ޝާހިދު އެވެ. މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރު ހިންގި މިޤަތުލު، ހިންގާފައިވަނީ ޤާތިލުގެ ގެ ކަމުގައިވާ ހ. ބައިކަނޑިގޭގެ ކޮޓަރިއެއްގައެވެ.
މިދެމީހުންގެ ކުޑަދަރިފު ގެންގޮސް އެދަރިފުޅުގެ މާމައާއި ހަވާލުކޮށްފައި އަންހެންމީހާ ބުނިކަމަށްވަނީ މިބަކަރި ދެން ތިމަންނަގެ އަށް ފޮނުވައިގެންނުވާނެ [...]

ބަނގުގަނޑާއިބެހޭ ބޮޑު ބްރޭކިންގް ނިއުސް/ ހޫނު ޚަބަރު

ދިވެހި ރާއްޖޭގައި މިހާރު އެންމެ ބޮޑުވެގެން އުޅޭ އެއްމައްސަލަ ކަމަށްވާ ޙަރާމްވެގެންވާ ބަނގުރާ ވިއްކުމުގެ މައްސަލައާއި ގުޅޭގޮތުން ވަރަށް ހޫނު ޚަބަރެއް ލިބިއްޖެއެވެ.
ހ. ކޮޔާ އިބްރާހީމް ޝަމީމް ( 7776475 ) އިސްނަންގަވައިގެން ދިވެހި އެންމެހާ ލޮބުވެތި ރައްޔޮތުންގެ ޙައްޤުގައި ވަރަށް ގަދަފަދަ ޖިހާދެއް ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދެކޮޅަށް ކަނޑައެޅިގެން ޤަވާޢިދާއި ޚިލާފަށް ހެދިފައިވާ މަސްތުވާ ބަނގުރާ ވިއްކުމަށް ހަދައިފާ ޤަވާާޢިދު ބާތިލް ކުރުމަށް މި ހަފްތާގެ އާދީއްތަ ދުވަހު 2010/03/07 ގައި ވަނީ ދިވެހިރާއްޖޭގެ [...]

އާދަމް ނަސީރުގެ މައްސަލައަކީ ސަރުކާރުން ކުޅުނު ޑްރާމާއެއް ނޫންބާ؟

 
“ގާޒީންތައް އެއީ މަރާލާންވެފައި ތިބި ބައެއް”
ރާއްޖެއިން މަސްތުވާތަކެތި ނައްތާލާނޭކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސު ނަޝީދު ވިދާޅުވަމުން ގެންދަވާފައިވަނީ ރާއްޖޭގައި ތިބި މަސްތުވާތަކެތީގެ ބޮޑެތި ހަ މީހުން އެނގޭކަމުގައެވެ. އެ ހަ ބޮޑުން އަތުލައިގަތުމުން ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމާތްވާނޭކަމަށް ހީވާފަދަ އިބާރާތަކުން އޭރު ނަޝީދު ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރަށް އެ ހަ މީހުން އެނގޭއިރު ހައްޔަރު ނުކުރަނީ ކީއްވެހެއްޔެވެ. ސަރުކާރުން މަސްތުވާތަކެތި ހުއްޓުވަން ބޭނުން ނުވާތީ ހެއްޔެވެ. ނަމަވެސް [...]

ރީކޯ މޫސާގެ ކާރުން ބަނގުރާ ބަސްޓުވުމާއި ގުޅިގެން / ނޫސްބަޔާން ކުއްލި އަދި ރަސްމީ

މާލެ/ދިވެހި ރާއްޖެ
ރީކޯ މޫސާގެ ކާރުން ބަނގުރާ ބަސްޓުވުމާއި ގުޅިގެން ސަރުކާރުގެ ލޯއެންފޯސްމަންޓް ޔުނިޓާއިއެކު ސިއްރުން ވެރިންގެ ސިއްރުބައްދަލުވުމެއް ހޮލިޑޭއިންގައި ހިންގަމުންދާތީ
No: Jibue!/008/24/2010
ނޫސްބަޔާން ކުއްލި އަދި ރަސްމީ
ޙަރާމްވެގެންވާ ބަނގުރާ މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުމުގެ ހުއްދަ އިއްޔެގެ ވަގުތެއްގައި ވަރަށް ސިއްރުން ޓްރޭޑުންވަނީ ޢާއްމުކޮށްފައެވެ. އަދި މީގެ އިތުރުން ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާޓީގެ ވަގުތީ ރައީސް ރީކޯ މޫސާމަނިކުގެ ކާރުން ގިނައަދެދެއްގެ ބަނގުރާ ބަސްޓުވެއްޖެކަމީ މިހާރު މުޅި ޤައުމަށް ފަޅާއަރާފައިވާ [...]

މަޖިލިސްކުރާގޭދޮށަށް ވަރަށް ގިނަ އަދަދެއްގެ ރައްޔެތުން އެއްވަމުންދޭ

ރައްޔިތުންމަޖިލިސްކުރާގޭދޮށުގައި ވަރަށް ފޯރިއާއި އެކު މުޒާހާރާކުރަމުން ގެންދެއެވެ. ބަޑިއެދުރުންނަށް މުޒާހަރާ ކުރަންމުންދާ މަޢުލޫމާތު ލިބުމާއި ގުޅިގެން ޚަބަރުދަބަރު ބަލާލުމަށް އެސަރަޙައްދައް ދިޔައިރު، އަސްތާ ކަމަކުދާކަށް ނެތެވެ. މިހިރަގެން ޔާމާލާ ކިޔާފައި މުޒާހަރާކުރަނީއެވެ.
އެންމެހާބޭފުޅުންނޭވެ. އަވަހައް މަޖިލިސްކުރާގޭދޮށަށް(އައިސްކޯނު ފަޅިން) އަޑުއުފުލުމަށް ވަޑައިގަތުމަށް ބަޑިއެދުރުންގެ ޓީމުން އިލްތިމާސްކުރަމެވެ.
މަޖިލިސްގޭދޮށުގައި ރައްޔެތުން އަޑުއުފުލަމުން ބަސްތަށް އަތުރަމުން ރުކުރުވަމުން ގެންދަނީ “ރައްޔިތުންގެ ޙައްޤުތަކެއް ނިގުޅައިގެންފައިވާ މުއްލާ ބޮޑެތިވަގުން ރިޔާސަތުގައި ގޮނޑިހޫނުކުރަން ނުތިބެ ލަސްނުކޮށް ޖަލުގެ ތޭރިތަކަށް ވަޑައިގަންނަވާށެވެ.”
މުޒާހަރާގެ ޖަޑިބަކަށްހުރީ އަޑުވަރުގަދަ ފަޔާއެވެ.
އިތުރުމައުލޫމާތު އަންނަނީ….
މިހާރު މުޒާހަރާ ރޫޅާލުމަށް [...]

ރައްޔެތުންނޭ އޫރުރޯގާ ހަބޭސްވެއްޖެ

ކޮންމެ ނަފްސަކީ “މަރު”ގެ ރަހަދެކޭނެ ނަފްސެކެވެ. އެމީހެއްގެ އަޖަލު ޖެހުމުން އެމީހަކު މިދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާނެވެ.
ސިޔާސީ ބަޔަކު އަމިއްލައެދުމުގައި ތާށިވެ، މަރުކޮސްވެ، އަމިއްލަ ބޮނޑި ބޮޑުކުރަމުން ދާއިރެއްގާ، ކުއްލި ނުރައްކަލުގެ އޯގާތެރިކަމެއް ނެތީވިއްޔާ މިބަލީގައި ރައްޔެތުން ހަނާވާނެއެވެ. އެހެންނާފަހެ، ސީޔާސީ ކުޅިކުޅޭ ކާޅުން އެތިބީ މަޑުގިނީގައި ބަނގު ޒުވާބުގައެވެ. އާދެ! ގުއި ޒުވާބުގައެވެ. ޑީއާރުޕީ ބުދުކޮއިލުވެފައެވެ. އަނެއްބަޔަކު ޒައްގޫމް ފީލްގައެވެ. ވައިސަރީއެވެ. މެންދުރު ކާޅުތަކެކެވެ. ޕަކަ ޕަކާސް
މަޖިލިސް ގައި މިހިރަ އުޅޭ ހޮއްކޮތަކާއެވެ. ކަލޭމެން [...]

އޫރު ރޯގާއަށް ޝައްކު ކުރެވޭ 21 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ އަންހެނަކު ށ.ގޮއިދޫއިން ފެނިއްޖެ

4:17
އޫރު ރޯގާއަށް ޝައްކު ކުރެވޭ މީހަކު ށ.ގޮއިދޫއިން ފެނިއްޖެއެވެ. މިމީހުން ހދ. ކުޅުދުއްފުށީ ރީޖަނަލަ ހަސްފަތާލުގައި އެނދުމަތިކުރުމަށްފަހު (އިންފުލޫއެންޒާ-އޭ) އަށް ޕޮޒިޓިވްވުމާއިގުޅިގެން، އިތުރަށް ތަހުލީލުކުރުމަށް ވަނީ ސާމްޕަލް މާލެ ގެނެވިފައެވެ. ހެލަތްމިނިސްޓްރީން ވަނީ މިމީހުން އިންފުލޫއެންޒާ-އޭ އަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފައެވެ.
މިފިރިހެންމީހާއަކީ، މަސްވެރިކަމުގެ ދާއިރާގައި އުޅޭ ޅަފުރައިގެ ޒުވާނެކެވެ. ޚަބަރު ލިބިފައިވާގޮތުގައި މީނާއަށް މިބަލީގެ އަސަރު ފެނިފައިވަނީ މަސްވެރިކަމުގައި ކަނޑުމަތީގައި އުޅެނިކޮށެވެ.
އިތުރުތަފްސީލް އަންނަނީ…
އޫރު ރޯގާއާއި ބެހޭ މަޢުލޫމާތު ހޮޓްލައިން 3304829
އޫރު ރޯގާއާއި ބެހޭ ލުއިމަޢުލޫމާތު  ޑައުންލޯޑްކުރައްވާ

Share