badiedhuru.comThe top political news headlines އިންސާނުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެކެވެ. އަޅުގަނޑު މިހެން މިދެންނެވީ ހަމަ ޤަސްތުގައެވެ. އެހެނީ ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދަނީ އޭނާގެ މުދާވެރިކަން އިތުރުކޮށް މަޝްހޫރުކަން އިތުކޮށް އަރާމުގައި ދިރިއުޅުމަށެވެ. މިއިންކަމަކަށް ހުރަސްއެޅި އުނިކަން ލިބޭނަމަ އެއީ ގެއްލިގެންދާ ޙައްޤެއްކަމުގައި ނުވަތަ އެއީ އޭނާއަށް ލިބޭ އަނިޔާއެއްކަން އިންސާނާ ދެކެއެވެ. އަދި އެ ޙައްޤު ހޯދުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި ދަޢުވާ ކުރެވެން އޮތް ހުރިހާ ތަނަކު އެކަމުގެ ދަޢުވާކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި [...]